Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

ރަހީނުކޮށް މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި

އެސްބީއައި މާލެ: ފޮޓޯ - ސަން

ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި)އިން ޗެކުތަކަކަށް ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ދިޔަ މީހަކު ރަހީނުކޮށް އޭނާގެ އަތުން ފޭރިގެންފިއެވެ.

ފުލުހުން ބުނީ ކުންފުންޏެއްގެ ފައިސާ ނަގައިގެން ދިޔަ މީހަކަށް ބިރު ދައްކައި ރަހީނު ކުރުމަށްފަހު ފައިސާ ފޭރިގަތް މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ހާމަ ނުކުރެއެވެ.

އެނގިފައިވާ ގޮތުގައި ފޭރިގެންފައިވަނީ ކުންފުނީގެ ފައިސާ ނަގައިގެން ދިޔަ ބިދޭސީ މުވައްޒަފު ބޭންކުން ނިކުތްތަނުން ކާރެއްގައި އައި ބަޔަކު އެމީހާ ގަދަކަމުން ކާރަށް އަރުވައުގެން ގޮސްއެވެ.

މިހާދިސާގައި އެމީހާގެ އަތުން 130،000 ރުފިޔާ ވަނީ ފޭރިގެންފައެވެ.