Last Updated: May 20, 06:07
Monday, May 20, 2024
ރިޕޯޓް

ޤުރުއާނުގެ ވިޔައިގެ މުޢުޖިޒާތް: ތަފާތު ނަޒަރަކުން (4)

ނޯޓް: މިއީ އަހުމަދު ނާސިހު ތަރުޖަމާ ކުރައްވާފައިވާ ލިޔުމެކެވެ. މި ލިއުން މި ގެނެސް ދެނީ ބައިތަކަކަށް ބަހާލައިގެންނެވެ.

(ޖުލައި 13، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

އަދި ފަރުޟު ވެގެންވަނީ ކޮންމެދުވަހަކު އަދާކުރުމަށްވާ5 ނަމާދާއި ހަފަތާޔަކު އެއްފަހަރު ފިރިހެނުންގެ މައްޗަށް ވާޖިބުވެގެންވާ ހުކުރުނަމާދެވެ. ހުކުރުނަމާދުގެ ރަކްޢަތުގެ ޢަދަދަކީ 2 އެވެ. ވީމާ ފަސްނަމާދުގެ ރަކްޢަތުގެ ޢަދަދާއި ހުކުރުނަމާދުގެ ރަކްޢަތުގެ ޢަދަދު އެއްކޮށްފިނަމަ ޖުމްލައަކީ 19 އެވެ. (19=2+4+3+4+4+2)

މި ބަޔާން ކުރެވުނު މިންވަރަކީ ޤުރުއާނުގެ މުޢުޖިޒާތްތައް ހާމަކޮށް ދިނުމަށްޓަކައި އެއްގޮތަކަށް ވެސް ފުދޭ މިންވަރެއް ނޫން ކަމަށް ޤަބޫލް ކުރަމެވެ.

އެކަމަކު މި ބަޔާންކޮށް ދެވުނު މިންވަރަކީވެސް ޤުރުއާނުގެ ޞާއްޙަކަން، ތަފާސް ހިސާބުގެ ޒަރީޢާއިން ސާބިތުކޮށްދީ، ޤުރުއާނަކީ އެއްވެސް އިންސާނެއްގެ އުފެއްދުމެއް ނޫންކަން ހާމަކޮށް ދިނުމަށް ފުދޭ ވަރަށް ވުރެ ބޮޑު މިންވަރެއް ކަމުގައި ވުމުގެ އިތުރުން އަދި އެކަން ހިނގާފައި ވަނީ އެންމެ 22 އަހަރުގެ ތެރޭގައި ކަމަށް ވިޔަސް، ޤުރުއާނަކީ ﷲގެ ކަލާމްފުޅުކަން ސާބިތުކޮށް ދިނުމަށްޓަކައި މިއަށް ވުރެ މާ ގިނަ ތަފާތު ހެކިތައް ފެންނާން އެބަ ހުއްޓެވެ.

* އެހެނިހެން ބައެއް ޙަޤީގަތްތައް:

ބިސްމީގައި ހިމެނެނީ 4 ލަފްޒުކަން އަޅުގަނޑުމެން ބަލައިފީމެވެ. ކޮންމެ ލަފްޒެއްވެސް އައިސްފައިވާ އަދަދުތަކާއި އަދި އެއީ 19 ގެ ގުނަ އަދަދު ތަކެއްކަމެވެ. އެއީ (1*19، 142*19، 3*6، 19*19)

ވީމާ މިލަފްޒުތައް އައިސްފައިވާ އަދަދުތައް އެއްކުރުމުން ނިކުންނަ ނަތީޖާ އަކީ 152 އެވެ.(152=1+142+3+6)

152 އެއީ 19 ގުނަކުރަން 8 އެވެ. (152=8*19) މި ދެޢަދަދު، އާދެ، 19 އާއި 8 ގައި ވަރަށް ބޮޑު ގުޅުމެއް ވެއެވެ. ޕްރައިމް ނަމްބަރު ތިއަރީގައި 8 އެއީ 19 ގެ އިންޑެކްސް އެވެ.

އަނެއް މުހިއްމު ކަމަކީ ޤުރުއާނުގައި ތަފްޞީލް ނުދީ ބަޔާންވެފައިވާ ހަމައެކަނި އަދަދަކީ މިދެނަމްބަރު ކަމެވެ. 19 މިއަދަދު އައިސްފައިވަނީ 74 ވަނަ ސޫރަތުގެ 30 ވަނަ އާޔަތުގައެވެ. 8 އައިސްފައިވަނީ 69 ވަނަ ސޫރަތުގެ 17 ވަނަ އާޔަތުގައެވެ. ވީމާ ސޫރަތުގެ ނަމްބަރާއި އާޔަތުގެ ނަމްބަރު އެއްކުރުމުން އަންނަނީ 190 އެވެ. (190=17+69+30+74) އަދި 190 އެއީ 19 ގުނަކުރަން 10 އެވެ.

ޤުރުއާނުގައި ރަމްޒު އަކުރުން ފެށޭ 29 ސޫރަތް ވާކަމާއި، އެ ސޫރަތްތަކުގައިވާ ރަމްޒު އަކުރުތައް ހިމެނިގެންވާ އަކުރުތައް މުޅި ސޫރަތުގައި އެކުލެވިގެންވާ އަދަދާ އެއްކުރުމުން އަންނަ ޖުމްލަ އެއީ 19 އިން ގެއްލި ހުސްވާ ޢަދަދުތަކެއްކަން ކުރީގައި އަޅުގަނޑު ބަޔާންކޮށްދީފީމެވެ. މިއީ ޙަޤީޤަތް ނަމަވެސް، މިއަށް އިތުރު ތަފްޞީލްތަކެއް ބޭނުންވެއެވެ.

ޤުރުއާނުގައި 7 ސޫރަތުގެ ބްލޮކެއް، 40 އިން 46 ވަނަ ސޫރަތުގެ ނިޔަލަށް ވެއެވެ. މިއީ އެކުގައި ބާވައިލައްވަވާފައިވާ ސޫރަތްތަކެކެވެ. އަދި މިއިން ކޮންމެ ސޫރަތެއްވެސް ފެށިފައިވަނީ، “ޙާ” އާއި “މީމް” މި ރަމްޒީ އަކުރުތަކުންނެވެ.

މިއީ އެއް ބްލޮކެއް ކަމަށް ބަލައިގެން، މިގްރޫޕްގެ ރަމްޒު އަކުރުތައް މި ސޫރަތްތަކުގައި ހިމެނިފައިވާ އަދަދު އެއްކުރުމުން އަންނަ ޖުމްލައަކީ ވެސް 19 އިން ގެއްލި ހުސްވާ އަދަދެކެވެ. އެކަމަކު 42 ވަނައަށް އޮންނަ ”އައްޝޫރާ” ސޫރަތުގައި ފަސް ރަމްޒީ އަކުރުވެއެވެ. އެއީ “ޙާ” އާއި “މީމް” ގެ އިތުރުން “ޢައިން” އާއި “ސީން” އާއި “ޤާފު” އެވެ. ނަމަވެސް “ޙާ” އާއި “މީމް” ހިމެނިފައިވަނީ ފުރަތަމަ އާޔަތުގެ ގޮތުގައެވެ. އަދި “ޢައިން” އާއި “ސީން” އާއި “ޤާފު” ހިމެނިފައިވަނީ ދެވަނަ އާޔަތުގެ ގޮތުގައެވެ.

މިކަމުން މިދޭހަކޮށް ދެނީ “ޙާ” އާއި “މީމް” ވަނީ މިގްރޫޕްގައި ހިމެނޭ އެހެން އަކުރުތަކާ އެއްކުރެވި އުފެދޭ ޖުމްލަ 19 ގެ ގެއްލޭ އަދަދަކަށް ވުމަށްޓަކައި އަނެއް ދެއަކުރުން ވަކިކުރެވިފައި ކަމެވެ. މާތް ﷲ ވަކިކުރައްވައިފަ ވަނީ އެވެ. އަދި ހަމައެފަދައިން 42 ވަނަސޫރަތުގައިވާ ހުރިހާ “ޢައިން” އާއި “ސީން” އާއި “ޤާފު” ތައް އެއްކުރުމުން އަންނަ ޖުމްލައަކީ ވެސް 19 ގެ ގުނަ އަދަދެކެވެ.

"ޞާދު" ގެ ރަމްޒު އަކުރުން ފެށިފައި ވަނީ 3 ސޫރަތެވެ. އެއީ 7 ވަނަ ސޫރަތާއި 19 ވަނަ ސޫރަތާއި 38 ވަނަ ސޫރަތެވެ. މިތާ ވަކި ސޫރަތްތަކުގައިވާ “ޞާދު” ތައް އެއްކުރުމުން 19 ގެ ގުނަ އަދަދެއް ނާންނަ ކަމުގައިވިޔަސް މުޅި 3 ސޫރަތުގައި ވާ “ޞާދު” ގެ ޖުމްލަޔާ އެއަކުރުތައް ތަރުތީބު ކުރެވިފައިވާ ވަނަތައް އެއް ކުރުމުން ނިކުންނަނީ 19 ގެ ގުނަ ޖުމްލަ އަދަދެކެވެ.