Last Updated: May 20, 01:49
Monday, May 20, 2024

(ޖުލައި 12، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

އެ މީހުންގެ އަތުގެ ތެެރޭ ނަށާލަ އެވެ. ރޭގަނޑު އެތައް ދަމެއް ވަންދެން މަސްތުގެ ހާލަތުގައި ހުރެގެން ކޮންމެވެސް ސީނިއަ މީހެއްގެ ކޮޓަރީ އެނދު ފަޅުފިލުވަ އެވެ.

މިހާރު ސުޒޭނާ އަކީ ސީނިއަ މެނޭޖްމަންޓު ކުއްޖެކެވެ. އެއްވެސް ކުއްޖަކަށް އޭނާ އަށް ބަލާލާކަށް ވެސް ނުކެރެ އެވެ.
ތަފާތު އެތައް ނަމެއްގައި މާބޮޑި އާއި ކާޑުތައް އޭނާ އަށް އޮހެމުން ދިޔަ އެވެ. ލޯބީގެ ސިޓީތަކަކީ އޭނ ާއަށް އާ އެއްޗެއް ނޫނެވެ.

އެހެންވެ އޭނާ އަށް ލިބޭ ހުރިހާ ލޯބީގެ ސިޓީތައް ކިޔަން އޭނާގެ ގާތް ކުދިން ކައިރި އަަށް އޭނާ ދެ އެވެ. އެއީ އެ ކުދިންނަށް އެ ސިޓީތައް ދައްކާފައި ފޮނި ކަޑާލާށެވެ.

ސައުދީ އަރަބިއްޔާގެ މިސްޓަ ވިލިއަމް ރިސޯޓަށް ވަޒީފާ އަށް އައި ދުވަހަކީ އޭނާގެ ހަޔާތުގައި އާ ސަފްހާއެއް ހުޅުވުނު ދުވަހެކެވެ.
އިސްކޮޅުން ދިގު ނޫކުލައިގެ ލޮލުގެ ވެރިއެކެވެ. ކަސްރަތީ ހަށިގަނޑެކެވެ. މިއީ އޭނާގެ ބަހުން ނަމަ އޭނާގެ ހުވަފެންތަކުގެ ރަސްގެފާނެވެ. ޕްރިންސެވެ. ވިލިއަމް އަށްޓަކައި އޭނާ ފިދާވާން ފެށި އެވެ.

އެހެން ނޫނަސް އެހެނ ްކުދިން ތިބެނީ މިހާރު އޭނާ އަށް ދޫކޮށްގެންނެވެ. އެހެން ކުދިންނަށް ލިބެނީ އޭނާ ބޭނުނ ކޮށް ނިންމާ ފޮތްތަކެވެ.

ދެން ފެންނަން ފެށީ އޭނާ ވިލިއަމް އާ އެކު ރީތި ގޮނޑުދޮށުގައި ހަނދުވަރު ގެ އަލިގައި ހިގަންދާ މަންޒަރެވެ. ތަފާތު ވައުދުތަކާ އަހުދުތައް އޭނާ ވިލިއަމް އަށް ކުރަމުން ދިޔަ އެވެ. ވިލިއަމް ހުންނަނީ ހިމޭނުންނެވެ. ވިލިއަމް އެހެން ކުދިންނާ ވެސް ވާހަކަ ދައްކަ އެވެ.
މިކަންތައް ވަނީ އޭނާ އަށް ހިތްދަތި ކަމަކަށެވެ. ހައެއްކަ މަސް ދުވަސްތެރޭ ވިލިއަމް މި މާހައުލާ ހިތްހަމަނުޖެހުނެވެ. ބޭނުންވީ އޭނާގެ ގައުމަށް ދާށެވެ. ވީ އިރު ސުޒާނާ ވަނީ އޭނާގެ ހުރިހާ އެއްޗަކާ އެކު ވިލިއަމްގެ ކޮޓަރި އަށް ބަދަލުވެފަ އެވެ. ދެ މީހުން އުޅެމުން ދިޔައީ ދެމަފިރިންގެ ގޮތުގަ އެވެ.

"ސުޒޭ، އަހަރެން ދަނީ…މިއޮތީ އަހަރެންގެ ސިޓީ ސުޒޭ އަށް." ލޯބިވެތި އަދާއަކާ އެކު ވިލިއަމް ސުޒާން އަށް އަލްވަދާއު ކިޔެވެ.
އޭނާގެ ލޯބީގެ ސިޓީ ސުޒާނާގެ ދަަބަހަށް ލައި ފޮރުވި އެވެ. ފަހުން އެެންމެން އެއްކޮށް ކިޔަންވެގެންނެވެ. ވިލިއަމް ދިޔުމަށް ފަހު ސުޒޭނާ އޭނާގެ ގާތް ދެތިން ކުދިން އެއް ކުރި އެވެ. އަދި ސިޓީ ކިޔަން ފެށި އެވެ.

"ސުޒޭ އެވެ. އަހަރެންނަށް ރާއްޖެ އާދެވުނު އިރު އަހަރެންނަކީ ބަލި މީހެއް ކަމެއް ނނޭގެއެވެ. އަހަރެންގެ މެޑިކަލް ހެދުމުގެ ތެރޭ މި ރިޒޯޓް އެޗްއާރް އަށް އަހަރެންނަކީ ބަލި މީހެއްކަން އެނގުނެވެ. އެކަން އެނގުމާ ގުޅިގެން ހިމޭންކަމާ އެކު ފުރައިގެން ދާން އަހަރެންް ނިންމީމެވެ. ސުޒާ އެވެ. އަހަރެންނަކީ އެއިޑްސްގެ ބަލި މީހަކީމެވެ. އަހަރެންގެ ފަރާތުން މިހަރު ސުޒޭ އަށް ވެސް ވާނީ މި ބަލި ޖެހިފަ އެވެ. އަހަރެންނަށް މާފުކުރާށެވެ.

ކުށްވެރި ވިލިއަމް

ސުޒޭނާ އަނބުރައިގެން ވެއްޓުނެވެ. ރައްޓެހި ކުދިން އެ ސިޓީ ފޮރުވި އެވެ. އެކަމަކު ތުންތުންމަތިން މ ިބޮޑު ސިއްރު މުޅި ރަށުގެ ވާހަކައަކަށް ވި އެވެ.

އެ ހިސާބުން ސުޒޭނާ ވަޒީފާއިން ވަކިވެގެން ރަށަށް ދިޔައީ އެވެ. އޭނާ އާ އެކު އޭނާގެ އެންމެ ގާތް އެކުވެރި ރިންޒީ ވެސް އަ އެވެ. ރިންޒީ ކޮންމެ ހިނދުކޮޅަކު ވެސް ސުޒޭނާ އާ ދުރަކަށް ނުދެ އެވެ.

ޑޮކްޓަރު އަޖޭ އަކީ މާކުރިއްސުރެ ރިންޒީގެ ވަރަށް ގާތް ރައްޓެއްސެކެވެ. ޑޮކްޓަރު ރިންޒީ އާ ބައްދަލުކޮށްފައި ސުޒޭނާ ޗެކަޕް ކުރި އެވެ. އަދި ޓެސްޓް ހަދަން ފޮނުވި އެވެ. ޓެސްޓުގެ ނަތީޖާ ބަަލައި ދިޔައީ ރިންޒީ އެކަންޏެވެ. ޑރ. އަޖޭ އާ ވާހަކަ ދައްކާލުމަށް ފަހު ރިންޒީ ގެއަަށް އަ އެވެ.

"ރިންޒީ މިއީ ހަމަ އަހަރެންނަށް އުޅެވުނު ގޮތުގެ ނަތީޖާ، އަހަރެން މި ވަނީ ފާފަ ވެރިވެފަ. ކިހާ އެކަނ ވެރިވެފަ މިއަދު އަހަރެން މިހިރީ. ރިންޒީ ހާދަ ރަނގަޅޭ ކޮންމެ ހިނދު ކޮޅަކު އަހަރެންނާ އެކު އެބަހުރ.ޭ" ރޮމުން ގިސްލަމުން ސުޒޭނާ ވާހަކަ ދެއްކި އެވެ.
ސުޒޭނާ ކުއްލިއަކަށް ރިސޯޓުން އައުމާ އެކަނިވެފައި އިންނަ ތަން ފެނުނީމާ މަންމަ ވަރަށް ސުވާލު ކުރި އެވެ.

އެހެނަސް މިއަދު އޭނާ އަށް މަންމަ އަށް ދޭނޭ ޖަވާބެއް ނެތެވެ. އޭނާ ކަޅު ހެދުންލައިގެން ބޮޑު ބުރުގާ އެޅި އެވެ. މި ދުވަސްވީ އެ ގޭގެ ވަރަށް ތާރީހީ ދުވަހަކަށެވެ. ޙާއްސަކޮށް މަންމަ އުފަލުން އެއްތާކު މަޑެއް ނުވެ އެވެ. ރިންޒީ ކައިރިން ސުޒޭނާ ކައިރިން އެނބުރި އެނބުރި ހުއްޓެވެ.

މިހާރު އެއީ ކުރީގެ ސުޒޭނާއެއް ނޫނެވެ. މަޑުމޮޅިކަމާ ލަދުވެތި ކަމުގެ ނަމޫނާއެކެވެ. އޭނާ އަށް ބޭސް ކާންދޭ ކޮންމެ ވަގުތަކު ރިންޒީ އާދެ އެވެ. ބޭސް ބަހައްޓާފައި ހުންނަނީ ރިންޒީމެން ގޭގަ އެވެ. މަންމަމެންނަށް ޝައްކު ވެދާނެތީ އެވެ.
އެއް ދުވަހު ވިލިއަމް ރިންޒީ އަށް ގުޅިއެވެ. ސުޒޭނާގެ ހާލު އަހާލުމަށް ފަހު ސުޒޭނާ އާ ކައިވެނި ކުރަން ބޭނުން ވާހަކަ ބުންޏެވެ. މި ހަބަރުން ސުޒޭނާ ވަރަށް ރުޅި ގަދަވި އެވެ.

މިއަދު ސުޒޭނާ އަކީ ވަރަށް ދީންވެރި ކުއްޖެކެވެ. މިހާރު އޭނާގެ ހަޔާތުގެ މި ޒަލްޒަލާ އައި ފަހުން ވެސް ހަތަރު މަސްވީ އެވެ. އޭނާ އެއްވެސް މީހަކާ ބައްދަލެއް ނުކުރެ އެވެ. ރިޒާނާގެ ތަފާތު ވާހަކަތަށް ދެއްކުމުގެ ސަބަބުން އޭނާ ކައިވެންޏަށް އެއްބަސްވި އެވެ.

"އެކަމަކު ރިޒާ އަހަރެންނަކީ ވަގުތީ މެހެމާނެއް. އަހަރެންނާ އޭނާ އިނދެގެން އޮތީ ކަޮން އުފަލެއް އެހެން ނޫނަސް އޭނާއަކީ ވެސް ނިވެމުންދާ ހުޅުކޮޅެއް."

"ތެދުވެރި ލޯތްބަކީ މިއީ. އޭނާ ހަގީގަތުގަ ވެސް ސުޒޭ ދެކެ ލޯބިވާތީ މިހާ ދުރަށް ހޯދަން އެ އަންނަނީ." ރިންޒީގެ ވާހަކައަކީ އެއީ އެވެ.

ޖެހިގެން އައި މަހު ވިލިއަަމް މާލެ އަތުވެއްޖެ އެވެ. ސުޒޭން ކައިވެނީގެ ކުރިން ބައްދަލު ކުރާކަށް ބޭނުމެއް ނުވި އެވެ.
ސުޒޭނާ ބުނީ ރަސްމީޔާތު ހިންގަން ވަނީ އިސްލާމީ ގޮތުގައި ކަމަށެވެ. ކަންތައް ދިމާވީ ވެސް އެހެންނެވެ.

ވިލިއަމް ވެސް ބޭނުންވީ އިސްލާމީ ގޮތެވެ. ވިލިއަމްގެ އަސްލު ނަމަކީ ޝޭޙް އުމަރު ހައިދަރު އެވެ. މިކަން ރިންޒީ އަށް އެނގުނީ ކައިވެނީގެ ފޯމު ފުރި ދުވަހު އެވެ. ވިލިޔަމްއަކީ އޭނާގެ ނިކް ނޭމް އެވެ.

މިއަދަކީ ކައިވެނީގެ ރަސްމީޔާތު ގެ ދުވަހެވެ. އަދިވެސް ސުޒޭނާ އިންނަނީ ތައްޔާރު ނުވެ އެވެ. ރިންޒީ ތަފާތު ގޮތަކަށް އޭނާ އާ ވާހަކަ ދައްކަމުން ދިޔަ އެވެ.

ރިންޒީގެ ކޮނޑުގައި ބޯ އަޅާލި އެވެ. ހީވަނީ އޭނާ އާ ވަކިވާން ޖެހޭތީ ދެރަވަނީ ހެންނެވެ. ދެ އެކުވެރިން ކަރުނަ އެޅި އެވެ.

"އަން މިއޮތީ ހަދިޔާއެއް." ހުދު ކުލައިގެ ސިޓީ އުރައެއް ސުޒޭނާ އަށް ދިއްކޮށްލަމުން ރިންޒީ ބުންޏެވެ.

"މީ ކޯޗެއް؟" އެ ސިޓީ ނިއުޅާލަމުން ސުޒޭނާ އަހާލި އެވެ.

"މިއީ އެއިޑްސް ޓެސްޓް ނަތީޖާ ނެގެޓިވް." ސުވާލުގެ ބެލުމަކުން ރިންޒީ އާ ދިމާލަށް ސުޒޭނާ ބަލާލި އެވެ.

"އާނ…ތިއީ ސުޒޭގެ އަސްލު އެއިޑްސް ޓެސްޓުގެ ނަތީޖާ. ސުޒޭ ތިއީ އެއިޑްސްގެ ބަލި މީހެއް ނޫން. ވިލިޔަމްއަކީ ވެސް އެއިޑްސް ޖެހިފ ހުރި މީހެއް ނޫން. އަހަރެމެން އެންމެންވެގެން ސުޒޭ ބަދަލު ކޮށްލަންވެގެން ކުރިކަމެއް މިއީ. ހައިދަރު ސުޒޭ ދެކެ ވަރަށް ލޯބިވޭ. މިރޭވުމަކީ އޭނަގެ ރޭވުމެއް. ބޭނުންވީ ސުޒޭތީ ރަނގަޅު ކުއްޖަކަށް ހަދަން. މިހާރު މިފެންނަ ގޮތަށް ހައިދަރު ހައިދަރުގެ އާއިލާ އާ އެކަށީގެންވާ ކުއްޖަކަށް ހަދަން. އެއީ ސައުދީގެ މުއްސަދި އާއިލާއެއްގެ ފިރިހެން ކުއްޖެއް."

"ކޮބާ އޭނަ މިހާރު. ދެން މަށަށް ދިނީ ކޮންހާ ބޭސްތަކެއް؟"

"އަހަރެން ދިނީ ވިޓަމިން. ކޮންމެ ދުވަހަކު ޑރ. އަޖ ޭވެސް މިކަމުގަ ވަރަށް އެހީވި މިރެއަކީ އަހަރެންނާއި ޑރ. އަޖޭގެ ވެސް ކައިވެނި ވެސް ކުރެވޭ ރޭ. އަހަރެމެން މިކަންތައް ރޭވީ މިރެއަށްޓަކާ."

"ރިންޒީގނަޑާ އަހަރެން ކަލޭ މަރާލާނަން." ސުޒޭނާ އުފަލުން ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ދެ އެކުވެރިން އެކަކު އަނެކެއްގެ ފަހަތުން ދުވަމުން ބަގީޗާ އަށް ދިޔައެވެ. އެވަގުތަކީ ހައިދަރު ވެސް ބަގީޗާ އަށް ނިކުތް ވަގުތެވެ. ސުޒޭނާ ލަދުން މޯޅިވެލި އެވެ.
ހައިދަރު ސުޒޭނާ ކައިރި އަަށް އ ައެވެ.

"ވެދިޔަ ކަންތަކަށް އަހަރެންނަށް މާފްކުރޭ." ސުޒޭނާ އާއި ހައިދަރު ގެ ކައިވެނި ވަރަށް ފުރިހަމަ ހަފްލާއަކާ އެކު ކުރެވުނެވެ. ސުޒޭނާ ގެ ހުރިހާ ރައްޓެހިންނަށް ދައުވަތު ދެވުނެވެ.

ރިންޒީ އާއި ޑރ. އަޖ ގެ ކައިވެނި ވެސް ހަމަ އެ ދުވަހު ކުރެވުނެވެ. މިއަދު އެއިން ކޮންމެ މީހެއް ހިތްވަނީ އުފަލުން ފުރިފަ އެވެ. އެންމެ ފަހު ވަގުތު ސުޒޭނާ ރިންޒީ އާ ކަރާކަރު ޖައްސާ ސަލާން ކުރި އެވެ.

"ރިންޒީ އެކުވެރިކަމަކީ ކޮބައިކަން މިއަދު ކަލޭ ހާމަކޮށްދީފި. އަހަރެންނަކީ ކޮން ގޮތަކަށް އުޅުނު މީހެއް. ކަލޭ އަހަރެން ބަދަލުކޮށް ދުނިޔެ ހޯދައި ދިނީ. އަހަރެން މިއަދު ވަރަށް އުފާވެއްޖެ. ޝުކުރީއްޔާ…އެއީ ހަމައެކަނި އަހަރެންގެ ހިތި މާޒީ."

ކައިވެނީގެ ފަހުން ސުޒޭނާ ދިޔައީ ސައުދީއަށެވެ. ރިންޒީ ދިޔައީ އިންޑިޔާއަށެވެ.

(ނިމުނީ)