Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ހުޅުމާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދީފި

ހުޅުމާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވެފައިވަނީ ހަމަލާ ދީފައިވަނީ 33 އަހަރުގެ ތުރުކީ ފިރިހެނަކަށް ކަމަށެވެ.

ރޭ މާލޭގައި ވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފައެވެ. މި ދުވަސްވަރަކީ މާލެސިޓީގައި ފޭރުމާއި ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާ ދުވަސްވަރެކެވެ. އެހެންކަމުން ފުލުހުން އަންނަނީ އެކަމާއި ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ.