ފަރަހް ހާން ޑައިރެކްޓްކޮށް، ޝާހްރުކް ހާން ލީޑް ރޯލް ކުޅޭ "ހެޕީ ނިއު އިޔާ" ގެ ބަތަލާއަކަށް ޓީވީ ތަރި އަންކިތާ ލޮކަންދޭ ލުމަށް ޝާހް ފަރަހްގެ ކިބައިން އެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެ ފިލްމްގެ ޝޫޓިން ސެޕްޓެމްބަރު ދުބާއީގައި ފެށުމަށް ތައްޔާރުވަމުން އަންނަ އިރު ފިލްމްގެ ބަތަލާގެ ރޯލަށް އަންކިތާ ވަރަށް ބޮޑަށް ފިޓްވާ ކަމަށް ގަބޫލް ކުރެވޭތީ އެ ރޯލް އޭނާ އަށް ދިނުމަށް ޝާހު އެދުނީ ދާދި ފަހުން މަކާއޯގައި ބޭއްވި އައިފާ އެވޯޑް ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަންކިތާއަކީ ބޮލީވުޑްގައި މިހާރު ފައިތިލަ ސާބިތު ކުރަމުން އަންނަ "ކައި ޕޯ ޗޭ" އިން ބޮލީވުޑަށް ތައާރަފް، މިހާރު ވެސް ގިނާ އޮފާތަކެެއް ލިބެމުން އަންނަ ސުޝާންތު ސިންގް ރާޖްޕުޓްގެ ލޯބިވެރިޔާ އެވެ.
އަންކިތާ މިހާރު ކުޅެމުން އަންނަ ޓީވީ ސިލްސިލާއަކީ ޒީޓީވީގެ "ޕަވިތުރަ ރިޝްތާ" އެވެ.
އެ ސިލްސިލާގައި ކުރިން އަންކިތާ ފިރިމީހާގެ ރޯލް އަދާ ކުރީ ސުޝާންތު އެވެ. އެހެން ނަމަވެސް ބޮލީވުޑަށް ނިކުންނަން ތައްޔާރުވުމާ އެކު ސުޝާންތު ވަނީ ސިލްސިލާ އިން ވަކިވެފަ އެވެ.
"ހެޕީ ނިއު ޔިއާ" ގެ ބަތަލާގެ ރޯލް އަންކިތާ އަށް ދޭން ޝާހް އެދިފައިވާ ކަމަށް ބުނާ އިރު އެ ރޯލް ސްޓާ ޕްލަސް އިން ދައްކާ ސަންޖޭ ލީލާ ބަންސާލީގެ ސިިލްސިލާ "ސަރަަސްވަތީ ޗަންދްރާ" ގެ ބަތަލާ ޖެނިފާ ވިންގެޓަށް ވެސް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.