Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ކެނދިކުޅުދޫ އިންޖީނުގެ އެޅުމަށް ބަޔަކާއި ހަވާލުކޮށްފި

ނ. ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރާ އިންޖީނު އެޅުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މި އިންޖީނުގެ އެޅުމަށް ހަވާލުކުރީ ޓޫއެލް ކޮންސްޓްރަކްޝަން ޕްރައިވެޓު ލިމިޓެޑާއެވެ. މި މަސައްކަތާއި ގުޅޭ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. ޓޫއެލް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އޮޕަރޭޝަންސް ޑިރެކްޓަރު ހުސައިން އިބްރާހީމެވެ.

މި މަސައްކަތް ޓޫއެލް ކޮންސްޓްރަކްޝަނާއި ހަވާލުކުރީ 7.5 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ ދިހަ މަސްދުވަހެވެ.

ފެނަކައިން އަންނަނީ ރާއްޖޭގެ ރަށްރަށުގައި އިންޖީނުގެތަށް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.