Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

އާ އަހަރުގެ ޗުއްޓީއަށް ރައީސް ލަންކާއަށް

އާ އަހަރުގެ ޗުއްޓީ ހޭދަ ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ސްރީ ލަންކާއަށް ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ރައީސް މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ އަމިއްލަފުޅު ދަތުރުފުޅެއްގެ ގޮތުގައި ކަމަށެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

ރައީސް ލަންކާއަށް ވަޑައިގަންނަވާއިރު، އެމަނިކުފާނުގެ އާއިލީ ބައެއް ބޭފުޅުން އެގައުމުގައި ދިރިއުޅުއްވައެވެ. އެގޮތުން މިއަހަރުގެ އީދު ޗުއްޓީއާ ދިމާކޮށް ވެސް ރައީސްގެ ދެކަނބަލުން ވަނީ ލަންކާއަށް އަމިއްލަ ދަތުރުފުޅެއްގައި ވަޑައިގެންފައެވެ.