Last Updated: July 1, 04:05
Tuesday, June 30, 2026
ޚަބަރު

އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެ

މިރޭ އެކްސިޑެންޓްވި ގާޑިއާ އަރިއަޅާލާފައި.

މިރޭ 21:30 އެހާކަށްހާ އިރު ހިތަދޫ ލިންކު ރޯޑު ކްރެސްގާޑަން އާއި ދިމާލުން ސައިކަލަކާއި ގާޑިއާއެއް ޖެހި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް ހާނިއްކަ ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލިންކު ރޯޑުން ދަމާފައި ދިޔަ ގާޑިއަލެއްގައި ބާރު ސްޕީޑެއްގައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ޖެހި ހިނގި އެކްސިޑެންޓްގައި ގާޑިއާ ދަމަމުން ދިޔަ ދެ ބިދޭސީންގެ ތެރެއިން އެކެއްގެ ފައި ޗިސްވެފައިވާ އިރު އަނެއް ބިދޭސީމީހާގެ ބޯފަޅައިގެން ގޮސް ނޭފަތުން ލޭއަންނަ ކަމަށެވެ.

އަދި ސައިކަލްގައި ތިބި ދެމީހުން ވިއްސައިގެން ގޮސް އެދެމީހުންނަށް ވެސް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށް އެސަރަހައްދުގައި ހުރި މީހަކު އައްޑޫލައިވް އަށް ކިޔައިދިނެވެ.

އޭނާ ބުނީ ސައިކަލްގެ ފަހަތުގައި އިން އަންހެން ކުއްޖާ ވިއްސައިގެން ގޮސް އޭނާގެ ކަނދުރާ ބިންމަތީގައި ޖެހި ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެކްސިޑެންޓްވެގެން ގެނައި މީހުންނަށް އަވަސް ފަރުވާ ދޭ ކޮޓަރީގައި ފަރުވާ ދެމުން އަންނަ އިރު އޭގެ ތެރެއިން ބިދޭސީ އެކެއްގެ ހާލު ސީރިއަސް ވުމާއި ގުޅިގެން އޭނާ މާލެ ފޮނުވުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާ އަކީ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީއަަކަށް ވުމުން އޭނާ އާއި ހަވާލު ވާނެ ފަރާތެއް ނެތިގެން އެކަމާއި ހޮސްޕިޓަލާއި ފުލުހުން މަަސައްކަތް ކުރަމުން އަންނަ ކަމަށްވެއެވެ.