Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

ގެއްލުނު މީހާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް

ބ.ދަަރަވަންދޫ އިން ފުރައިގެންދިޔަ ޑިންގީއަކާއި އޭދަފުށީ ލޯންޗެއް ޖެހި ހިނގި އެކްސިޓެންޑްގައި ކަނޑަށް ވެއްޓި ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ ބ. އޭދަފުށީ، މުސްތަރީގޭ، ނަސްރުﷲ އަބްދުﷲ (41އ) އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ނަސްރުﷲ ހޯދުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ އުޅަނދު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ނަސްރުﷲ ހޯދުމުގައި ނައިޓްވިޝަން ކެމެރޭ ބޭނުން ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ މިރޭ 19:07 ހާއިރު ބ.ދޮންފަނު ކައިރިން ހިނގި މި އެކްސިޑެންޓުގައި ޑިންގީގައި ތިބި ހަތަރު މީހުންގެ ތެރެއިން މީހުން ސަލާމަތްވެފައިވާ ކަމަށެވެ.