Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

ފާއިތުވި އަހަރު ޕްރޮގްރެސިވް ކޯލިޝަންގެ މެންބަރުންގެ އަދަދު ދަށަށް!

ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަން އެއްބަސްވުން ބަދަލު ކުރެވެނީ:-އަބްދުއްރަހީމް މިހާރު ފެންނަނީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)ގެ މެންބަރުންގެ އަދަދު މަދުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އަދިވެސް އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކީ ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެޕާޓީގައި މިދިޔަ އަހަރު ނިމުނުއިރު 54،101 މެންބަރުން އެބަ ތިއްބެވެ. މިއީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އީސީން އާންމުކުރި ޕާޓީތަކުގެ މެންބަރުންގެ އަދަދާ އަޅާބަލާއިރު 407 މެންބަރުންގެ އިތުރުވުމެކެވެ.

މެންބަރުން މަދުވި ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު ދެވަނަ އަށް މެންބަރުން އެންމެ ގިނަ ޕާޓީއަކީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއެވެ. މިދިޔަ އަހަރު ނިމުނުއިރު އެޕާޓީގައި 36073 މެންބަރު ތިބިއިރު، އެއީ މިދިޔަ ނޮވެމްބަރު މަހާ އަޅައިބަލާއިރު 753 މެންބަރުންގެ މަދުވުމެކެވެ.

މިދިޔަ އަހަރު ނިމުނުއިރު މެންބަރުން އެންމެ ގިނަ ތިން ވަނަ ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އެވެ.

ކޮންމެ މަހަކު ކަހަލަ ގޮތަކަށް ގިނަ އަދަދެއްގެ މެންބަރުން ސޮއިކުރަމުންދާ ޖޭޕީގައި މިދިޔަ އަހަރު ނިމުނުއިރު 11072 މެންބަރުން އެބަ ތިބި ކަމަށް އީސީން ބުނެއެވެ. މިއީ މިދިޔަ ނޮވެމްބަރު މަހު އެ ކޮމިޝަނުން ހާމަކުރި އަދަދަށްވުރެ 346 މެންބަރުންގެ އިތުރުވުމެކެވެ.

ހަތަރު ވަނައިގައި އެންމެ ގިނަ އަދަދެއްގެ މެންބަރުން ތިބި ކަމަށް އީސީގެ ތަފާސް ހިސާބުތަކުން ދައްކަނީ، ސިޔާސީ ހަރަކާތްތައް ހުއްޓިފައި އޮތް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އެވެ. އެ ޕާޓީގައި ވެސް 8506 މެންބަރުން ތިބިއިރު، އެއް މަސް ތެރޭގައި އެޕާޓީން ވެސް ވަނީ ގިނަ އަދަދެއްގެ މެންބަރުންތަކެއް މަދުވެފައެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހާ އަޅާބަލާއިރު، 299 މެންބަރުން ވަނީ މަދުވެފައެވެ.

އީސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު ފަސް ވަނަ އަށް އެންމެ ގިނަ މީހުން ތިބި ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީ (އޭޕީ)އެވެ. އެގޮތުން އެޕާޓީގައި 6789 މެންބަރުން ތިބިއިރު، މިއީ މިދިޔަ ނޮވެމްބަރު މަހު އީސީން އާންމުކުރި ތަފާސް ހިސާބުތަކާ އަޅާބަލާއިރު 235 މެންބަރުންގެ އިތުރުވުމެކެވެ.

ލިސްޓުގައި ދެން ހިމެނޭ ޕާޓީތައް:

* ޕީއެންސީ: 6784 މެންބަރުން (ނޮވެމްބަރު މަހާ އަޅައިބަލާއިރު 146 މެންބަރުން މަދުވި)

* އެމްޓީޑީ: 3279 މެންބަރުން (ނޮވެމްބަރު މަހާ އަޅައިބަލާއިރު 210 މެންބަރުން މަދުވި)

* ޑީއާރުޕީ: 3033 މެންބަރުން (ނޮވެމްބަރު މަހާ އަޅައިބަލާއިރު 48 މެންބަރުން އިތުރުވި)

* ލޭބާ ޕާޓީ: 2977 މެންބަރުން (ނޮވެމްބަރު މަހާ އަޅައިބަލާއިރު 27 މެންބަރުން މަދުވި)

* އެމްއާރުއެމް: 2851 މެންބަރުން

އިލެކްޝަނުން ބުނީ، ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ޕާޓީތަކުން ހުށަހެޅި ޕްރޮސެސް ނުކުރެވި 1627 މެންބަރުންގެ ފޯމް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޖޭޕީގެ ފަރާތުން ހުށަހެޅި 1163 ފޯމާއި ޕީޕީއެމް އިން ހުށަހެޅި 232 ފޯމު އަދި އެމްއާރުއެމް އިން ހުށަހެޅި 232 ފޯމެވެ.