Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

އެމްޑީޕީ އުތުރު މާހަސިންތާ މިފަހަރު ކުޅުދުއްފުށީގައި

އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން --

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އުތުރު މަހާސިންތާ ހދ. ކުޅުދުއްފުށީގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމްޑީޕީން މި މަހާސިންތާ އޮންނާނީ މި މަހުގެ 12ވަނަ ދުވަހު އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރުގެ ތެރެއިންނެވެ. މި ދަތުރުގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެއެވެ. އެމްޑީޕީން ބުނީ މި ދަތުރުގައި ތިލަދުންމަތީގައި ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްޑީޕީން ވަނީ މި ދަތުރުގައި ބައިވެރިވާން ބޭނުންވާ އެޕާޓީގެ އާއްމު މެންބަރުންނަށް ވެސް އެ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން ޖުމްލަ 300 މެންބަރުންނަށް ޖާގަ ދިނުމަށް ނިންމާފައިވާއިރު ޖާގަ ދޫކުރާނީ 100 ރުފިޔާއަށް ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

މިއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވުމަށްފަހު ޕާޓީގެ ބޮޑު ހަރަކާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.