ސްރީލަންކާގެ ފުލުހުން ހަ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ސްރީލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު 6 ދިވެއްސަކު ގެންގޮސްފައިވާ ކަމަށެވެ. މިއުވާން ވިދާޅުވީ ހައްޔަރުކޮށްގެން ގެންދިޔަ ދިވެހިންނަށް ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި އެމްބަސީގެ ކޮންސިއުލާ ސްޓާފުން މިވަގުތު ޕޮލިސް ސްޓޭޝަންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މިކަމާއި ގުޅޭ ގޮތުން އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ. "އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި މި ދިވެހިން ހައްޔަރުކުރީ ޕާސްޕޯޓު މައްސަލަތަކާއި ގުޅިގެންނެވެ.