Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ތުލުސްދޫ ކައިރީގައި އޮތް ބޭރުގެ ސަފާރީއެއްގައި އަލިފާން ރޯވެއްޖެ

ސަފާރީގައި އަލިފާން ރޯވެފައި --

ކ. ތުލުސްދޫ ކައިރީގައި އޮންނަ ކުޑަ ވިލިނގިލި ފަޅުގައި އަޅާފައި އޮތް ބޭރުގެ ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ތުލުސްދޫ ކައިރީގައި އޮންނަ ކުޑަ ވިލިނގިލި ނަމަކަށް ކިޔާ ފަޅެއްގައި އަޅާފައި އޮތް އޮސްޓްރޭލިއާ އަށް ނިސްބަތްވާ ސަފާރީއެއްގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ފަތިހު 5:42 އެހާކަށްހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެ ސަފާރީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވިއިރު އެ ސަފާރީގައި އޮސްޓްރޭލިއާއަށް ނިސްބަތްވާ ތިން ފިރިހެނުން ތިބި ކަމަށެވެ. އަދި އެ ތިން މީހުން އެތާ ކައިރީގައި އޮތް އެހެން ސަފާރީއަކަށް ނަގާފައިވާ ކަމަށާއި އަދި ފަރުވާ ދިނުމަށް ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ ސަފާރީގައި ތިބި ތިން މީހުންނަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.