Last Updated: May 20, 06:07
Monday, May 20, 2024
ރިޕޯޓް

ޤުރުއާނުގެ ވިޔައިގެ މުޢުޖިޒާތް: ތަފާތު ނަޒަރަކުން (5)

ނޯޓް: މިއީ އަހުމަދު ނާސިހު ތަރުޖަމާ ކުރައްވާފައިވާ ލިޔުމެކެވެ. މި ލިއުން މި ގެނެސް ދެނީ ބައިތަކަކަށް ބަހާލައިގެންނެވެ.

(ޖުލައި 14، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ފުރަތަމަ ސޫރަތް ކަމުގައިވާ އަލްފާތިޙާއަށް އަޅުގަނޑުމެން ބަލައިފިނަމަ ތިރީގައިމިވާ ހަޤީޤަތްތައް ފެނެ އެވެ. އެ ސޫރަތް ތަރުތީބު ކުރެވިފައި ވަނީ 1 ވަނައަށެވެ. އާޔަތްތަކުގެ ޢަދަދަކީ 7 އެވެ. ލަފްޒުތަކުގެ ޢަދަދަކީ 29 އެވެ. އަކުރުތަކުގެ ޢަދަދަކީ 139 އެވެ. ފުރަތަމަ ތިން އަކުރު އެއްކޮށް ތަރުތީބު ކުރުމުން އަންނަނީ 1729 އެވެ. މި އަދަދަކީ 19 ގުނަކުރަން 91 އެވެ. އަދި ހަމަ މިޢަދަދުތައް އެއްކޮށްލައިފިނަމަ ނިކުންނަ ޖަވާބަކީވެސް 19 އެވެ.(19=9+2+7+1)

9 ވަނައަށްވާ ”އައްތައުބާ” ސޫރަތް އެއީ ހަމައެކަނި ބިސްމިން ފެށިފައިނުވާ ސޫރަތް ކަމާއި، އެ ސޫރަތުން މަދުވާ ބިސްމި ވަނީ 27 ވަނައިގަވާ ”އައްނަމްލް” ސޫރަތުގެ 30 ވަނަ އާޔަތުގައި ކަމަށް ކުރީގައި ބަޔާންކޮށްފީމެވެ. އަޅުގަނޑުމެން، 9 ވަނަ ސޫރަތުން ފެށިގެން 27 ވަނަ ސޫރަތާ ހަމަޔަށް، ސޫރަތްތައް ތަރުތީބު ކުރެވިފައިވާ އަދަދުތައް އެއްކޮށްފިނަމަ ޖުމްލައަކަށްވާނީ 342 އެވެ. އެއީ 19 ގުނަކުރަން 18 އެވެ.

(26+27+…+9+10+11+12=342) އެކަމަކު އެންމެ ޙައިރާންކުރުވަނިވި ކަމަކީ އަޅުގަނޑުމެން 27 ވަނަ ސޫރަތުގެ ފުރަތަމަ ލަފްޒުން ފެށިގެން ބަރާބަރު 342 އާ ހަމައަށް ގުނައިފިނަމަ، ބަރާބަރު 342 ވަނައަށް ދިމާވަނީ އެއްކަލަ މަދުވާ ބިސްމި ކަމަށްވާކަމެވެ. މިއީ އިއްތިފާޤަކަށް ނުވާނެއެވެ. އެއީ ހިސާބުގައި 30 އަކީ 19 ވަނައަށް އެއަކުރެއް ހަމައަށް އެއްކޮށް ގެއްލޭ ޢަދަދެވެ.

ކުރީގައިވެސް ދެންނެވިފަދައިން މާތް ﷲ ގެ އިސްމުފުޅު ޤުރުއާނުގައި އައިސްފައިވަނީ 2698 ފަހަރެވެ. އެއީ 19 ގުނަކުރަން 142 ފަހަރެވެ. މާތް ﷲގެ އިސްމުފުޅު އައިސްފައިވާ ހުރިހާ އާޔަތެއްގެ ނަމްބަރު އެއްކުރުމުން ނިކުންނަ އަދަދަކީ 118123 އެވެ. އެއީ ނަވާރަ ގުނަކުރަން 6217 އެވެ.

ޤުރުއާނުގައި އެކިފަހަރުމަތިން ހިސާބުއަކުރުގެ ތަފާތު 30 ޢަދަދެއް ނަންގަނެވިފައިވެއެވެ. އެއީ 1، 2، 3، 4، 5، 6، 7، 8، 9، 10، 11، 12، 16، 20، 30، 40، 50، 60، 70، 80، 99، 100، 200، 300، 1000، 2000، 3000، 5000، 50000، އަދި 100000 އެވެ. މިޢަދަދު ތަކުގެ ޖުމްލަ އަދަދަކީ 162146 އެވެ. މިއީ 19 ގުނަކުރަން 8534 އެވެ.

އަދިވެސް މިފަދަ އެތައް ގޮތަކަށް ހިސާބުހެދުމުން 19 ގެ ގުނަ އަދަދު، އޭގެ ޖުމްލަ އަދަދުގެ ގޮތުގައި އަންނަ އެތައް ތަނެއްވެއެވެ. ވީމާ މިފަދަ މަޟްމޫނެއްގައި ހުރިހާ ތަފްސީލުތައް ގެނައުމަކީ އެކަށީގެންވާ ކަމަކަށް ނުވާތީ މި ހިސާބުން މި މަޒުމޫނު ކުރުކޮށްލަމެވެ.

(ނިމުނީ)