Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ކެނދިކުޅުދޫ މިސްކިތް ރައީސް ސޯލިހު ހުޅުވައިދެއްވައިފި

ކެނދިކުޅުދޫގައި އިމާރާތްކުރި މަސްޖިދުލް ރަހުމަތު ރައީސް ސޯލިހު ހުޅުވައި ދެއްވަނީ -- ފޮޓޯ / ރައީސް އޮފީސް

ނ. ކެނދިކުޅުދޫގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ މިސްކިތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފިއެވެ.

މަސްޖިދުލް ރަހުމަތުގެ ނަމުން ނަން ދީފައިވާ މި މިސްކިތުގެ ބިންގާވެސް އަޅާދެއްވާފައި ވަނީ ރައީސް ސޯލިހު ކެނދިކުޅުދޫއަށް މިދިޔަ އަހަރުގެ މާޗު މަހުގައި ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. 

މިއީ މި ސަރުކާރުގައި ބިންގާ އަޅައި، ތަރައްގީކޮށް ހުޅުވި ފުރަތަމަ މިސްކިތެވެ.

މި މިސްކިތަކީ 550 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި އަންހެނުންނަށްވެސް ނަމާދު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި މިސްކިތާއި އެކުގައި ކެނދިކުޅުދޫގައި ޖުމްލަ ފަސް މިސްކިތެއް މިހާރު އެބަހުއްޓެވެ.