Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ފުލުހުންގެ ތަހުގީގު ޓީމެއް އިންޑިއާއަށް

ތަހުގީގީ ދާއިރާގެ އިތުރު ތަމްރީނުތައް ހޯދުމަށް ފުލުހުންގެ އިންވެސްޓިގޭޓިވް އޮފިސަރުންގެ ޓީމެއް އަވަށްޓެރި އިންޑިއާއަށް ފުރައިފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޓީމަކީ އެފަދަ ދަތުރެއްގައި އިންޑިއާއަށް ދާ ދެވަނަ ޓީމު ކަމަށެވެ. އަދި އެ ޓީމު އިންޑިއާއަށް ގޮސްފައިވަނީ "ކްރައިމް ސީން މެނޭޖުމަންޓު" ޕްރޮގްރާމެއްގައި ބައިވެރިވުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާއަށް ގޮސްފައިވާ ފުލުހުންގެ އޮފިސަރުންނަކީ ފޮރެންސިކް މަސައްކަތް ކުރާ އޮފިސަރުންތަކެކެވެ.

އިންޑިއާއާ ރާއްޖެއާ ދެމެދު މިހާރަކަށް އައިސް ވަރަށް ބޮޑަށް ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާއިން އަންނަނީ ރާއްޖޭގެ ފުލުހުންނާއި ސިފައިންގެ މުއައްސަސާއަށް ބޮޑެތި އެހީތަކެއް ވަމުންނެވެ.