Last Updated: April 19, 22:14
Friday, April 19, 2024
ޚަބަރު

ކްރިމިނަލް ކޯޓުގެ ސްޕީޑު ބާރުކޮށް ދުވަސްވީ މައްސަލަތައް އަވަހަށް ނިންމާލަނީ

ކްރިމިނަލް ކޯޓުގައި ދިގުލައިގެން ގޮސްފައި ތިބި މައްސަލަތައް މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމެންވާއިރަށް ބަލާ، ނިންމާލަން އެ ކޯޓުން މަސައްކަތް ފަށައިފިއެވެ.

އެގޮތުން އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ މައްސަލައެއް ބެލުމަށް ފަހު ނިންމުމަށް ކޯޓުން ވަނީ މަސައްކަތް ފަށާފައެވެ. ކްރިމިނަލް ކޯޓުން ބުނެފައިވަނީ މިދިޔަ އަހަރަކީ ގިނަ މައްސަލަތަކެއް ނިންމުނު އަހަރެއް ކަމަށެވެ.

އަހަރު ނިމުނުއިރު 1،300 މައްސަލަ ނިންމާފައިވި ނަމަވެސް 1،600 މައްސަލަ ނުނިމި ހުރިކަން ކޯޓުން ފާހަގަކުރިއެވެ.

އޭގެތެރެއިން އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ 999 މައްސަލަ ނުނިމި އަދި އެބަ ތިއްބެވެ. އޭގެ ތެރެއިން 27 މައްސަލަ އަކީ ފަސް ނުނިމި ފަސް އަހަރު ވެފައިވާ މައްސަލަތަކެވެ.

ނުނިމި ހުރި މައްސަލަތައް ދިގުލައިގެން ގޮސްފައި ހުރުމުން ކޯޓަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. އަމާޒަކީ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ މައްސަލައެއް މާޗުގެ ކުރިން ނިންމާލައި، ބާކީ ތިބި މައްސަލަތައް ތާވަލަށް ނިންމުން ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.