Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ކުޑަ ދެ ކުދިންނާއި ބެހުނު ޕޮލިސް މީހާގެ ޝަރީއަތް ފަށައިފި

Police

ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ ފުލުސް މީހާގެ ޝަރީއަތް މިއަދު ފަށައިފިއެވެ.

މި މައްސަލައަކީ 2018ވަނަ އަހަރު ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވާ މައްސަލައެކެވެ. އެހެންނަމަވެސް އެކަށީގެންވާ ހެކި ނެތުމުން އޭނާ އެފަހަރު ވަނީ ދޫކޮށްލާފައެވެ. އެހެންނަމަވެސް މި މީހާއާ ގުޅޭ އިތުރު މައްސަލައެއް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުށަހެޅިގެން ދިޔައެވެ.

އެ މައްސަލަ ޕޮލިހަށް ހުށަހެޅުނުއިރު އޭނާ ހުރީ ނޯޕޭ ލީވެއް ނަގައިގެން ސްރީލަންކާގައެވެ. އަދި އޭނާ މާލެ އައުމާއި އެކުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިތައެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރިއެވެ.

މިފަދަ ބާވަތުގެ މައްސަލަތަކަކީ [ކުޑަކުދިންނާއި ގުޅޭ މައްސަލަތައް] ސިއްރުކޮށްގެން ކުރިއަށް ގެންދާ ޝަރީއަތްތަކެކެވެ. އެހެންކަމުން އިތުރު މައުލޫމާތެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.