Last Updated: June 9, 20:11
Tuesday, June 9, 2026
ވިޔަފާރި

އިސްމެހެލާހެރަ އަނެއްކާ ވެސް ބީލަމަށް!

ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރަން އިތުރު ހަތް ރަށެއް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލި އިރު މީގެ ކުރިން ވެސް ބީލަމަށްލި ސ. އިސްމެހެލާހެރަ އަނެއްކާ ވެސް އޭގެ ތެެރޭގައި ހިމެނިއްޖެ އެވެ.

މިފަހަރު ބީލަމަށް ލީ އިސްމެހެލާހެރައިގެ އިތުރުން ރ. ކުޑަފުއްޓާއި ފަސްމެންދު އާއި ތ. ކަނިއާއެކު އާއި ވަނަބަދި އާއި ގއ. ދިގުދޫ އަދި ނ. ކުންނަމަލަ އެވެ.

އިސްމެހެލާހެރައަކީ 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކެމްޕޭން ކުރެއްވި އިރު، ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ދެއްވާނެ ކަމަށް އެންމެ ބޮޑަަށް ވައުދުވެ ވަޑައިގަތް ރަށެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނަނީ އަންނަ މަހުގެ 1 ގެ ނިޔަލަށް އެ ރަށްތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އެކަމަށް ކުރިމަތި ލުމަށް ފުރިހަމަ ކުރަން ޖެހޭ ބީލަން ފޮތް މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް މިނިސްޓްރީގެ ކައުންޓަރުން ލިބޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޝައުގުވެރިވާ ފަރާތްތަކާ އެކު ބާއްވާ ޕްރީބިޑް މީޓިން 22 ވަނަ ދުވަހު ބޭއްވުމަށް ވެސް މިނިސްޓްރީން މިހާރު ވަނީ ނިންމާފަ އެވެ.

ޓޫރިޒަމް ގާނޫނުގެ ދަށުން މި ރަށްތައް ވެސް ކުއްޔަށް ދޭން ނިންމާފައި ވަނީ 50 އަހަރަށެވެ.