އައްޑޫ ސިޓީގެ އިރުޝާދިއްޔާ ސްކޫލްގައި 12 ކްލާސްރޫމް އިމާރާތް ކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ މާރިސް ކޮންސްޓްރަކްޝަނާއެވެ. މަސައްކަތް ހަވާލުކުރީ 8.17 މިލިއަން ރުފިޔާއަށެވެ.
އެޑިއުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތާއި ގުޅޭ އެއްބަސްވުމުގައި އެޑިއުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް އެވެ. އަދި މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު ޒުބައިރު މުހައްމަދު އެވެ.
މި މަސައްކަތަކީ ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓު ޕްރޮގްރާމުގެ ބަޖެޓުން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެޑިއުކޭޝަން
އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.