ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެސިޓީގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ޝިފާ މުހައްމަދު އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހަޅުއްވައިފިއެވެ.
ޝިފާ ފޯމު ހުށަހަޅުއްވާފައި ވަނީ މިއަދުއެވެ. އަދި އެމްޑީޕީގެ ސެކްރެޓޭރިއަޓުން ވަނީ އެ ފޯމު ބަލައިގެންފައެވެ.
ގިނަބައެއްގެ މަގުބޫލުކަން މީގެކުރިން ހޯދާފައިވާ ޝިފާއަށް މިހާރު އަންނަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. އެއީ ކައުންސިލްތަކުގެ ބާރުތައް ސަރުކާރުން އަލުން އިޔާދަ ކޮށްދިނުމުން ވެސް މާލެސިޓީގެ ތަރައްގީއާ މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ލިބިގެން ގޮސްފައި ނުވާތީއެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް މިހާރު މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމުގައި ހުންނެވި ޝިފާ މުހައްމަދު ފޯމު ހުށަހަޅުއްވައިފިއެވެ.
މާލެ ސިޓީ މޭޔަރު ކަމަށް ވާދަ ކުރައްވާ ފަރާތްތަކުގެ ތެރޭގައި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި މިހާރު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފުގެ އިތުރުން އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަދި ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ވެސް ހިމެނެއެވެ.