ގއ. ކޮނޑޭ އިންޖީނުގޭ އިސް މުވައްޒަފަކު ކުއްލި ގޮތަކަށް މަރުވެއްޖެއެެވެ.
މަރުވެފައި ވަނީ ކޮނޑޭ އިންޖީނުގެ އިސް މުވައްޒަފެއް ކަމަށްވާ މުހައްމަދު އަބްދުލް ހަކީމް (45އ)އެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ހުވަދު އަތޮޅުގެ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ "ހުވަދޫ ޑޮޓް ކޮމް" އިން ބުނެފައިވަނީ އޭނާ މަރުވެފައި އޮއްވާ ފެނުނީ ނިދާ ނުހޭލައިގެން ކޮޓަރި ބެލުމުންނެވެ. އަދި ފެނުނު އިރު ބޭރުފުށުން އެއްްވެސް ކަހަލަ ގެއްލުމެއް ނެތް ކަމަށެވެ.
މުހައްމަދު ކުއްލި ގޮތަކަށް މަރުވި މައްސަލައާ ގުޅިގެން އެ ރަށުގައި ފުލުހުންގެ ފޮރެންސިކް ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ. މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.