Last Updated: June 9, 20:11
Tuesday, June 9, 2026
މުނިފޫހިފިލުވުން

"ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ" ސެޕްޓެމްބަރު 20 ގައި

ޝާހިދު ކަޕޫރާއި އިލިއާނާ ޑި ކްރޫޒް ލީޑް ރޯލް ކުޅެފައިވާ "ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ" ސެޕްޓެމްބަރު މަހުގެ 20 ގައި ރިލީޒް ކުރާ ގޮތަށް ހަމަޖައްސައި، ފިލްމްގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފި އެވެ.

މި ފިލްްމަކީ ކާމިޔާބް ގިނަ ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ރާޖް ކުމާރް ސަންތޯޝީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
އަދި މިއީ 2011 ވަނަ އަހަރު ރަންބީރް ކަޕޫރާއި ކެޓްރީނާ ކެއިފް ހިމަނައިގެން ސަންތޯޝީ ގެނެސް ދިން ހިޓް ފިލްމް "އަޖަބް ގަޒަބް ޕްރޭމް ކަހާނީ" އަށް ފަހު އޭނާ ގެނެސްދޭ ފުރަތަމަ ފިލްމެވެ.

"ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ" ގައި ޝާހިދު ފެނިގެން ދާނީ ސިފައިިންގެ މީހެއްގެ ރޯލުންނެވެ. އެހެން ނަމަވެސް ހެއްވާ މަޖާ ގޮތަކަށެވެ. މި ފިލްމްގެ ބަތަލާ އިލިއާނަކީ "ބަރްފީ" އިން ބޮލީވުޑަށް ތައާރަފްވި ރީތި ކުޅަދާނަ ބަތަލާ އެވެ.

ރަމޭޝް އެސް ތައުރާނީ ޕްރޮޑިއުސްކޮށްފައިވާ "ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ" ގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ ޕްރިތަމް އެވެ.