ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި ވާދަކުރާ ފަރާތްތައް ހޮވުމަށް ބާއްވާ އެޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު 1400އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީން ބުނީ އެޕާޓީން ފޯމުތައް ޕްރޮސެސް ކުރަމުންދާ ކަމަށާއި ބައެއް ފޯމުތައް އީމެއިލްގެ ޒަރިއްޔާއިންވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ޕްރައިމަރީގައި ވާދަކުރަން އެމްޑީޕީން ހުޅުވާލީ ޑިސެމްބަރު 30 ގަ އެވެ. ޕްރައިމަރީގައި ވޯޓުލުން އޮންނާނީ މި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ލެވޭނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ މެމްބަރުންނަށް ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.