Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

ރައީސް ދަރިވަރުންނަށް: އާ ކަންކަން ތަޖުރިބާ ކުރުމަށް މަސައްކަތް ކުރޭ

ރައީސް ސޯލިހު --

ދިރާސީ އާ އަހަރުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ދިރާސީ އާ އަހަރުގެ ހެޔޮއެދުންތައް ފޮނުއްވާ ކަމަށެވެ. ސްކޫލުގައި އާ އެއްޗެހި ދަސްކޮށް، އާ ތަޖުރިބާތައް ކުރުމަށް މަސައްކަތް ކުރުމަށް ރައީސް ވަނީ ދަރިވަރުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައި މިވަނީ، 73،000އަށްވުރެ ގިނަ ދަރިވަރުންނާއި އެކުގައެވެ.

ދިރާސީ އާ އަހަރަށް ސްކޫލް ތަކުން ތައްޔާރުވެފައިވާ އިރު ރާއްޖޭގެ 212 ސްކޫލެއްގައި 73067 ދަރިވަރުން މިއަދު ކިޔަވުން ފަށާނެ ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރު 150 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭ އިރު 170 ސްކޫލެއްގައި ޕްރީ ސްކޫލް ތައުލީމު ދޭނެކަމަށެވެ. 193 ސްކޫލްގައި އޯލެވެލްއަށް ކިޔަވައިދޭ އިރު 50 ސްކޫލެއްގައި އޯލެވެލްއަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސަރުކާރުން ސްކޫލު ދަރިވަރުންނަށް ދޭ ހެނދުނުގެ ނާސްތާ މިއަހަރުވެސް ބަރާބަރަށް ދަރިވަރުންނަށް ދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިދޔަ އަހަރު އަލަށް ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.