Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

ރައީސް ސޯލިހު އިއްޒުއްދީން ސްކޫލު ހުޅުވައިދެއްވައިފި

ރައީސް ސޯލިހު އިއްޒުއްދީން ސްކޫލު ހުޅުވައިދެއްވަނީ -- ފޮޓޯ / ރައީސް ސޯލިހު

އެމްއީސް ސްކޫލް ކުރިން ހިންގި އިމާރާތުގައި އަލަށް ހުޅުވި އިއްޒުއްދީން ސްކޫލް ހުޅުވައިފިއެވެ.

މިއަދު ހެނދުނު ހާއްސަ އެސެމްބްލީއެއްގައި އެ ސްކޫލް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ.

އެމްއީއެސް ކުރިން ހިންގި އިމާރާތް މަރާމާތުކޮށް އާ ސްކޫލްގައި ވަސީލަތްތައް ގާއިމުކޮށް ޓީޗަރުން ނެގުމަށް ބަޖެޓުގައި 20.2 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ

އިއްޒުއްދީން ސްކޫލު އުފައްދަނީ ސްކޫލުތައް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވާދިނުމަށް ބޭނުންވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކަ އެވެ. މާލޭގައި އެއް ދަންފަޅިއަށް ހިންގާ ސަރުކާރު ސްކޫލެއް މިވަގުތު ނެތް އިރު، މާލޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އިތުރު ސްކޫލުތައް އަޅަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ މީގެކުރިން ވިދާޅުވެފައެވެ.