Last Updated: April 20, 14:49
Saturday, April 20, 2024
ކުޅިވަރު

ސުއަރޭޒް ހަތަރު މަސް ދުވަހަށް ކުޅުމާ ދުރަށް

ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް ހަތަރު މަސް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.

ސުއަރޭޒް ހަތަރު މަސް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނީ އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން މިއަދު ކުރި އޮޕަރޭޝަނަކާ ގުޅިގެންނެވެ.

ސުއަރޭޒް ވަނީ މިދިޔަ މޭ މަހުގެ ތެރޭގައި ވެސް ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޮޕަރޭޝަނެއް ކޮށްފައެވެ. އެ އޮޕަރޭޝަނާ ގުޅިގެން މިދިޔަ ސީޒަނުގެ ސްޕެނިޝް ކަޕްގެ ފައިނަލް ވެސް އޭނާ އަށް ވަނީ ގެއްލިފައެވެ.

ގިނަ ދުވަސްތަކަކަށް ސުއަރޭޒް ކުޅުމާ ދުރަށްދާން ޖެހިފައިވާއިރު އޭނާ ނެތްތަން ފޫބެއްދުމަށް އެޓޭކިން ކުޅުންތެރިއެއް މި ޓްރާންސްފާ މާކެޓުގައި ގެންނަން ބާސާ އިން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 32 އަހަރުގެ ސުއަރޭޒް ވަނީ މި ސީޒަނުގައި ބާސާ އަށް ކުޅެދިން 23 މެޗުގައި 14 ގޯލު ކާމިޔާބުކޮށްދީފައެވެ.