Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

ވެކްސިން ދިނުމާއި ދެކޮޅަށް މައުލޫމާތު ފަތުރާ ވައިބާ ގްރޫޕެއްގެ މައްސަލަ ބަލަނީ

ވެކްސިން ދިނުމާއި ދެކޮޅަށް ވައިބާ ގްރޫޕެއް ހަދައިގެން އާއްމުންނަށް މައުލޫމާތު ދެމުންދިޔަ ވައިބާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ބުނެފިއެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އެކަމުގައި ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިމިވަނީ ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫ ސިޓީގައި ހުންނަ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލް ތުހުމަތު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

މީގެއިތުރުން ރާއްޖެއިން އެއްކޮށް ނައްތާލާފައިވާ ހިމަބިހި އަނެއްކާވެސް ރާއްޖެއިން ވަނީ ފެނިފައެވެ. އަދި ހަމައެއާއެކުގައި ހެލްތު މިނިސްޓްރީން ވަނީ ރަސްމީކޮށް ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަންވެސް އިއުލާންކޮށްފައެވެ.