Last Updated: June 9, 10:38
Tuesday, June 9, 2026
ޚަބަރު

ޝަހުސު އޮޅުވާލައިގެން ރާއްޖެއަށް މީހަކު އެތެރެވާން އުޅެފި

ވައްތަރު މީހެއްގެ ޕާސްޕޯޓް ހިފައިގެން ޝަހުޞު އޮޅުވާލައިގެން ރާއްޖެއެތެރެވާން އުޅުނު ބިދޭސީ ފިރިހެނަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހިފަހައްޓާފައިވަނީ ރާއްޖެ އެތެރެވާން މަސައްކަތްކުރި 53 އަހަރުގެ ބިދޭސީއެއްކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އިމިގްރޭޝަނުން ބުނީ އެމީހާގެ ޕާސްޕޯޓުގެ ބައެއް މަޢުލޫމާތު ނަކަލުކޮށްފައިވާކަމަށެވެ.

ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 6 މީހަކު މިއަހަރުތެރޭ މިހާތަނަށް އިމިގްރޭޝަނުން ވަނީ ހިފަހައްޓާފައެވެ. މި މީހުން ހިފެހެއްޓުމަށްފަހު އިމިގްރޭޝަނުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ގަވާއިދާއި ހިލާފަށް ރާއްޖެއަށް އެތެރެވާ މީހުން ހުއްޓުވުމާއި، އެކަންކަން ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށް، ދާދި ފަހުން ކަސްޓަމްސްއާއި، އިމިގްރޭޝަނާއި މިނިސްޓްރީ އޮފް ސައިންސް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ ގުޅިގެންވަނީ ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ފިންގާ ޕްރިންޓާއި، ކެމެރާއާއި، ސެކުއިރިޓީ ސޮފްޓްވެއާތައް ހިމަނާ ސިސްޓަމް އަޕްގްރޭޑު ކޮށްފައެވެ.