Last Updated: April 24, 21:06
Wednesday, April 24, 2024
ޚަބަރު

ޝުޖާއު އުސްމާންގެ އިތުރު މައްސަލައެއް ޖޭއެސްސީން ބަލަނީ

ފަނޑިޔާރު ސުޖާއު އުސްމާން - ފޮޓޯ: އަވަސް

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނުގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝުޖާއު އުސްމާނާއި އިތުރު ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އަދި މައްސަލަތައް ބެލުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. ނަމަވެސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ގުޅޭ ގޮތުން ބަލަމުން ދަނީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީއަކުން ހާމައެއް ނުކުރެއެވެ.

ޖޭއެސްސީން މިހާރުވެސް ގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކެމްޕެއިން ކޮށްދިން ކަމުގެ ތުހުމަތުގައިވެސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ މައްސަލައެއް ބަލަމުންނެވެ.

ފަނޑިޔާރު ޝުޖާއުގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ އަދީބާއި ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރުގެ މައްސަލައެއް ބަލަން ވެސް ޖޭއެސްސީން އިއްޔެ ވަނީ ނިންމައިފައެވެ.