Last Updated: June 9, 09:22
Tuesday, June 9, 2026
ޚަބަރު

ވިލިމާލެ ގޮނޑުދޮށަށް ލައްގާފަ އޮތް ބޮޑު މަހެއް ސަލާމަތްކޮށްފި

ވިލިމާލޭ ގޮނޑުދޮށަށް ލައްގާފައި އޮތް ބޮޑު މަހެއް ސަލާމަތްކޮށްފި އެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، މިއަދު ފަތިހު 04:20 ހާއިރު ވިލިމާލެ މޫދުގައި، ބޮޑު މަހެއް ލައްގާފައިވާކަމުގެ މައުލޫމަތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ވިލިމާލެ މޫދަށް ލައްގާފައިވަނީ ބޮޑު މަހުގެ ބާވަތެއްކަމަށްވާ "ހަމްޕްބެކް ވޭލް" ކަމަށް ފުލުހުން ބުނެއެވެ.

ވިލިމާލެ ފުލުހުން އަދި އެ ރަށުގެ އާންމުންނާއި ގުޅިގެން މި ބޮޑު މަސްވަނީ ބޭރަށް ނެރެ ކަނޑަށް ފުންކޮށް ސަލާމަތްކޮށްދީފަ އެވެ.

އެންމެފަހުން ރާއްޖެއިން ވޭލް ފެނިފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެ ބޮޑު މަސް ފެނިފައިވަނީވެސް މާލެ-ވިލިމާލެ ކަނޑުއޮޅިންނެވެ. އެފަހަރުވެސް ފެނުނީ "ހަމްޕްބެކް ވޭލް" އެކެވެ.