އުމުރުން ދެއަހަރުގެ ކުޑަ ކުއްޖާ ރޭޕްކުރި މައްސަލައިގެ ތުމުހަތުގައި އެ ކުއްޖާގެ ކާފައާއި މުނިކާފަ، މާލެ ގެނެސް ދޫނިދޫގައި ބަންދު ކޮށްފިއެވެ.
މި ދެމީހުން މާލެ ގެނައީ ގދ. ކާޑެއްދޫ މަގުން މިއަދު ފަތިހުއެވެ. އެ ދެމީހުން މާލެ ގެނައި އިރު ކުއްޖާގެ މުނިކާފަ އިނީ ފުރޮޅުލީ ގޮނޑީގައެވެ. އަދި ކުއްޖާގެ ކާފަ ހުރީ ކޮޅަށެވެ. ދެމީހުން ކުރެ އެކެއްގެ އަތުގައިވެސް ބިޑިއަޅުވާފައި ނުވެއެވެ.
އުމުރުން 81 އަހަރު އަދި 62 އަހަރުގެ ދެމީހުން މާލެ ގެނައީ، އެމީހުން ހައްޔަރު ކޮށް ބަންދުގެ މުއްދަތު ޖެހީއްސުރެ އެމީހުން ނިސްބްތްވާ ރަށުންވެސް އަދި ކައިރި އެހެން ރަށްރަށުންވެސް އެމީހުން އަރުވަން އިންކާރުކޮށް ގިނަ ދަތިތަކެއް ފުލުހުންނަށް ކުރިމަތިވި ފަހުންނެވެ. އެ ދެމީހުން ހައްޔަރު ކޮށް ބަންދުގެ މުއްދަތު ޖަހަން ގެންދިޔައީ ގއ. ގެމަނަފުށީ ކޯޓަށެވެ. އެމީހުން ގެންދިއުމުން އެރަށުގައިވެސް ރައްޔިތުން ނުކުމެ އިހުތިޖާޖު ކުރިއެވެ. ދެން އެމީހުން އެއަތޮޅު ވިލިނގިއްޔަށް އަރުވަން މަސައްކަތް ކުރުމުން އެރަށުގައިވެސް ރައްޔިތުން އިހުތިޖާޖު ކުރިއެވެ.
ފުލުހުން އެންމެފަހުން އެމީހުން ގެންދިޔައީ ގދ ކާޑެއްދުއަށް ގެންގޮސް، އެތަނުން އެދެމީހުން މާލެ ގެނެސްފައެވެ.
އުމުރުން 2 އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތާ ގުޅިގެން އިއްޔެ 3 މީހުން ހައްޔަރު ކުރިއެވެ. އެ ތުއްތު ކުއްޖާގެ ދެ ކާފަގެ އިތުރުން ދެން ހައްޔަރު ކުރީ އެ ކުއްޖާގެ ބައްޕައެވެ.