Last Updated: June 9, 09:12
Tuesday, June 9, 2026
ޚަބަރު

ރޭޕްގެ މައްސަލައާ ގުޅިގެން މުފްތީ ވިދާޅުވީ ފެއިލްވީ އިންސާނީ ނަސްލު ކަމަށް!

މުފްތީ މެންކް އައްޑޫގައި

އުމުރުން އެންމެ ދެއަހަރުގެ ކުއްޖަކު އޭނާގެ ބައްޕައާއި ކާފަ އަދި މުނިކާފަ ވެގެން ރޭޕް ކުރި މައްސަލައަށް އިޝާރަތްކުރައްވާ، ޒިންބާބްވޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީމެންކު ބަސް ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން މުފްތީ މެންކް ވިދާޅުވީ މިފަދަ އަމަލެއް ހިންގުމުން ދޭހަވެގެންދަނީ މުޅި އިންސާނީ ނަސްލު ފެއިލް ވެފައިވާ ކަމަށެވެ. މުފްތީ މެންކް މިހެން ވިދާޅުވީ ރޭ ބޭއްވި ޔޫތް ޑިސްކަޝަން ފޯރަމް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުފްތީ މެންކް ވިދާޅުވީ، ބައްޕައަކު އޭނާގެ އަމިއްލަ ދަރިފުޅު ރޭޕް ކުރުމަކީ މުޅި އިންސާނީ ނަސްލު ފެއިލްވުން ކަމަށެވެ. އަދި ދަރިފުޅު ހިމާޔަތް ކުރުމުގެ ޒިންމާ އަދާ ކުރަންޖެހޭ ބައްޕައަކު މިފަދަ ކަމެއް ކުރުމަކީ ބޮޑު ލަދުވެތި ކަމެއްގެ ގޮތުގައި މުފްތީވަނީ ސިފަކުރައްވާފައެވެ. މީގެ އިތުރަށް މުފްތީ މެންކް ވިދާޅުވީ މުފްތީ މެންކު ވިދާޅުވީ އެފަދަ ދެރަ މައްސަލަ ތަކަކީ ވަކި ގައުމަކަށް ކުރިމަތިވެފައިވާ ކަމެއް ނޫން ކަަމަށާއި އެއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ކަމެއް ކަމަށެވެ.

މުފްތީ މެންކު މިހެން ވިދާޅުވެފައި ވާއިރު، ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ މިހާރު ވަނީ ފެންމަތިވެފައެވެ. އަދި އެ މައްސަލައިގައި އެ ކުޑަ ކުއްޖާގެ ބައްޕަ ފަރާތުގެ ކާފަ އާއި، މުނި ކާފަގެ އިތުރުން ބައްޕަ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.