Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

މާމިގިލީ ކައިރީ ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި ފަތުރުވެރިން ތަކަކަށް އަނިޔާވެއްޖެ

އދ. މާމިގިލީ ކައިރިން ދަތުރުކުރި ލޯންޗަކާއި، އެ ސަރަހައްދުގައި މަޑުކޮށްގެން އޮތް ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ފަތުރުވެރިންތަކަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 11:10 ހާއިރު މި އެކްސިޑެންޓު ހިނގަން މެދުވެރިވީ މާމިނގިލީ އަރިޔަދޫ ކަންމަތިން ސަން އައިލޭންޑްގެ ލޯންޗެއް ފަތުރުވެރިން މޫދަށް ބާލައިގެން އެ ސަރަހައްދުގައި މަޑުކޮށްގެން އޮއްވާ އެހެން ލޯންޗެއް ކޮންޓްރޯލް ނުވެގެން އައިސް ސަން އައިލޭންޑުގެ ލޯންޗުގައި ޖެހިގެން ކަމަށެވެ.

މި ހާދިސާގައި ސަން އައިލޭންޑް ލޯންޗުގައި ތިބި ބައެއް ފަތުރުވެރިންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު ލޯންޗަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާ ލިބުނު ފަތުރުވެރިންނަށް މާމިނގިލީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.