Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ނ. އަތޮޅުގެ ރިސޯޓަކަށް އިންސާނެއްގެ ބޮލުގެ ބައެއް ލައްގައިފި

ނ. އަތޮޅުގައި ހިންގަމުން އަންނަ ނޮކް މޯލްޑިވްސް ރިސޯޓަށް އިންސާނެއްގެ ބޮލުގެ ބައެއް ލައްގައިފިއެވެ.

ފުލުހުން ބުނީ މިއަދު 12:55 ހާއިރު ނ އަތޮޅުގައި ހިންގާ ނޮކް މޯލްޑިވްސް ރިސޯޓުގެ ގޮޑުދޮށުން އިންސާނެއްގެ ބޮލުގެ ބައެއް ލައްގާފައިވާ ކަމުގެ މައުލޫމާތު ލިބިގެން އެ ރިސޯޓަށް ފުލުހުން ދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެރަށަށް ލައްގާފައިވަނީ އިންސާނެއްގެ ދަތް ކަށިގަނޑެވެ. ފެނުނު ދަތް ކަށިގަނޑުގައި ބައެއް ދަތް ހުރިކަން ފާހަގަ ކުރެވެއެވެ.

ނ. އަތޮޅުގެ ރިސޯޓުން އިންސާނެއްްގެ ބޮލުގެ ބައެއް ފެނިފައިވާ އިރު މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ބ. ދޮންފަނު ކައިރިން ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބ. އޭދަފުށީ، މުސްތަރީގޭ، ނަސްރުﷲ އަބްދުﷲ ހޯދުމުގެ މަސައްކަތް ސިފައިން އަންނަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

މީގެ އިތުރުން ކ.އަތޮޅު ކާގި ކައިރިއަށް ފަރަށް އެރި ދޯންޏަކުން ގެއްލުނު ހދ. ކުޅުދުއްފުށީ މުހައްމަދު ޔޫސުޕް ހޯދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.

ތަފްސީލް އަންނަނީ….