Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ޖިންސީ ގޯނާގެ އިތުރު މައްސަލައެއްް: މިފަހަރު 5 އަހަރުގެ ކުއްޖަކަށް!

ދެކުނުގެ ރަށެއްގެ އުމުރުން ދުވަސްވީ މީހަކު 5 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރާ މައްސަލައެއް ފެންމަތިވެެއްޖެއެވެ.

ފުލުހުން ބުނީ 5 އަހަރުގެ ކުއްޖަކަށް 56 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހެޅިފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލަތަކަކަށް ވާތީ އަނިޔާ ލިބޭ ފަރާތްތަކުގެ ވަނަވަރާއި ނިސްބަތްވާ ރަށް އަދި އަތޮޅު ހާމަކުރަން ފުލުހުން ވަނީ ނިންމާފައެވެ.

5 އަހަރުގެ ކުއްޖާގެ މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ގދ. ކަނޑުހުޅުދޫގެ ތިން ބަފައިން އުމުރުން 2 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލާގައި މުޅި ގައުމު ހޫނު ވެފައިވަނިކޮށެވެ.