Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ރޭޕްކުރުމާއި ދެކޮޅަށް އައްޑޫގައި އަޑު އުފުލައިފި

އުމުރުން 2 އަހަރުގެ ކުއްޖަކު ރޭޕް ކުރުމާއި ގުޅިގެން އެކަން ކުށްވެރިކޮށް އެއަމަލު ހިންގި މީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލައި އައްޑޫގައި މިއަދު މުޒާހަރާކޮށްފިއެވެ.

އައްޑޫގައި ރޭޕް ކުރުމާއި ދެކޮޅަށް މުޒާހަރާކޮށްފައިވަނީ ހިތަދޫ އަދި މަރަދޫގައެވެ. މި ހިނގާލުމުގެ ބައިވެރިން ވަނީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމް ކުރުމަށާއި ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުއްޖާގެ ކާފަ އަދި މުނިކާފައަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައެެވެ. މީގެ އިތުރުން މިފަދަ ކަންކަން ތަކުރާރު ނުވާނޭ ގޮތަށް ދައުލަތުން އިސްލާހު ކުރަންޖެހޭކަން ކަން އިސްލާހު ކުރުމަށް ވަނީ ގޮވާލާފައެވެ.

ރޭޕާއި ދެކޮޅަށް މާލެ އާއި އަތޮޅުތަކުގައި މުޒާހަރާ

ގދ. ކަނޑަހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރުމާއި ގުޅިގެން އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް މިއަދު މާލެ އާއި އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި މުޒާހަރާކޮށްފިއެވެ.

މާލޭގައި މުޒާހަރާކޮށްފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ. މި މުޒާހަރާގައި ގިނަ ބަޔަކު ވަނީ ބައިވެރިވެ އަޑު އުފުލާފައެވެ.

އަތޮޅުތަކަށް ބަލާއިރު ގދ. ތިނަދޫ އަދި ރ. ރަސްމާދޫގައިވަނީ ރޭޕް އާއި ދެކޮޅަށް މުޒާހަރާކޮށްފައެވެ.

ރ. ރަސްމާދޫގައި މިއަދު ކުރި މުޒާހަރާ

ރަސްމާދޫގައި ކުރިއަށްދިޔަ މުޒާހަރާގައި އެރަށުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކުރުމަށްވަނީ އަޑު އުފުލާފައެެވެ.

ތުއްތު ކުއްޖާ ރޭޮޕް ކުރުމުގެ ތުހުމަތުގައި ކުއްޖާގެ ކާފަ އަދި މުނިކާފަގެ އިތުރުން އެކަމުގައި އިހްމާލުވި ކުއްޖާގެ ބައްޕަ ވަނީ ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައެވެ.