Last Updated: April 19, 06:56
Friday, April 19, 2024
ކުޅިވަރު

ސެވިއްޔާ ބަލިކޮށް ރެއާލް އެއްވަނަ އަށް

2-1 އިން ސެވިއްޔާ ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނަ އަށް ރެއާލް މެޑްރިޑް އަރައިފިއެވެ.

ލީގުގެ އެއްވަނައިގައި ރެއާލް އޮތީ 43 ޕޮއިންޓާ އެކުއެވެ. ނަމަވެސް ލީގުގެ ދެވަނައިގައި އޮތް ބާސެލޯނާ މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެޓީމަށް ގޯލުގެ ތަފާތުން އަލުން އެއްވަނަ ލިބޭނެއެވެ. ބާސާ ލީގުގެ ދެވަނައިގައި އޮތީ 40 ޕޮއިންޓާ އެކުއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މެޗުގެ 57 ވަނަ މިނެޓްގައި ކަސެމެއިރޯ ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 64 ވަނަ މިނެޓްގައި ޑި ޔޮންގް ވަނީ ސެވިއްޔާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ސެވިއްޔާ އިން ނަތީޖާ އެއްވަރުކުރިތާ ފަސް މިނެޓްފަހުން ރެއާލް އިން ވަނީ އަލުން ލީޑު ނަގާފައެވެ. އެގޮތުން މި ގޯލު ރެއާލް އަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ކަސެމެއިރޯ އެވެ.

ރެއާލް މޮޅުވިއިރު ލީގުގެ ތިންވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް ރޭ ވަނީ އެއިބާ އަތުން 2-0 އިން ބަލިވެފައެވެ.

ލީގުގެ އެއްވަނަ މަގާމު އަލުން ހޯދުމަށް ބާސާ އިން މިިރޭ ނިކުންނާނީ ގްރަނާޑާއާ ދެކޮޅަށެވެ.