Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

ހޯޑެއްދޫން ގެއްލުނު ޒުވާނާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދާ މީހާ

ގދ. ހޯޑެއްްދޫން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު ހަވީރުން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުން ދިޔައީ އެރަށު، ސަތަވަރީގެ އަލީ ޝަޒްވާން މުހައްމަދު އެވެ.

ޝަޒްވާން ގެއްލިގެން ފުލުހުންނަށް ހުށަހެޅީ ރޭ 9:30 ހާއިރުއެވެ.

ޝަޒްވާން ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ކައުންސިލުން ގުޅިގެން ކުރަމުންދަނިކޮށް ރޭ އޭނާ ވަނީ ފެނިފައެެވެ. ނަމަވެސް އޭނާ ފެނުނީ ކޮންތަނަކުން ކަން ކައުންސިލުން ހާމަކޮށްފައި ނުވެއެވެ.