Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ޅިޔަނަކު ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި

މެދު ރާއްޖެތެރޭގެ ރަށެއްގެ ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އެމީހާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެެއްގައި މާލެއިންނެވެ.

ފުލުހުން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު މާލޭގައި އުމުރުން 12 އަހަރުގެ ކުއްޖަކާއި 9 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިދޔަ ބުރާސްފަތި ދުވަހު ގއ. ކަނޑަހުޅުދޫން އުމުރުން 2 އަހަރުގެ ކުއްޖަކު އެކުއްޖާގެ ކާފަ އަދި މުނި ކާފަ ރޭޕް ކުރި މައްސަލައެއް ފެންމަތުވެ އެކަމުގެ ތަހްގީގު ފަށާފައިވާ އިރު އިއްޔެވެސް ވަނީ ހުވަދޫގެ ރަށަކުން 5 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ ތުހުމަތު ކުރެވޭ 55 އަހަރުގެ މީހަކު ހައްޔަރުުކޮށްފައެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ.