Last Updated: June 9, 09:12
Tuesday, June 9, 2026
ޚަބަރު

ފަސް އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާގެ ބަންދަށްވެސް 15 ދުވަސް

ކްރިމިނަލް ކޯޓް. ފޮޓޯ: ވީނިއުސް

ދެކުނުގެ ރަށެއްގެ އުމުރުން ދުވަސްވީ މީހަކު 5 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެމީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފައެވެ.

ފުލުހުން ބުނީ 5 އަހަރުގެ ކުއްޖަކަށް 56 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހެޅިފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލަތަކަކަށް ވާތީ އަނިޔާ ލިބޭ ފަރާތްތަކުގެ ވަނަވަރާއި ނިސްބަތްވާ ރަށް އަދި އަތޮޅު ހާމަކުރަން ފުލުހުން ވަނީ ނިންމާފައެވެ.

5 އަހަރުގެ ކުއްޖާގެ މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ގދ. ކަނޑުހުޅުދޫގެ ތިން ބަފައިން އުމުރުން 2 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލާގައި ތިން މީހުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.