Last Updated: June 9, 09:12
Tuesday, June 9, 2026
ޚަބަރު

ޑައިވީނަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެފައި އޮތްވާ ފެނިއްޖެ

އއ. މާޅޮސް: ފޮޓޯ / ޓުއާ އެމްވީ

އއ. މާޅޮހުގައި ޑައިވީނަށް ގޮސް އުޅުނު ޖަރުމަން ވިލާތުގެ އަންހެނަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، އއ. މާޅޮސް ކައިރީގައި އޮތް ސަފާރީއަކުން ޑައިވިންގްއަށް ދިޔަ ޖަރުމަނު ވިލާތުގެ އަންހެނަކު މަރުވެފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 08:45 ހާއިރު ކަމަށެވެ. މަރުވެފައިވާ އަންހެން މީހާއަކީ އުމުރުން 71 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުން ބުނީ މި މީހާ އއ. މާޅޮސް ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ. 

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.