Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

"ކޮންމެ މަހަކު ދޮންނަ މެޝިނެއް" ލިބޭ ޕްރޮމޯޝަނެއް ސަނީން ފަށައިފި

ސަނީ އެންޓަޕްރައިސް އިން އައްޑޫގައި އަލަށް ހުޅުވި ފިހާރަ.

ސަނީ އެންޓަޕްރައިސް އިން ކޮންމެ މަހަކު ދޮންނަ މެޝިނެއް ލިބޭނެހެން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ސަނީ އެންޓަޕްރައިސް އިން ކުރިއަށް ގެންދާ މި ލަކީޑްރޯ ޕްރޮމޯޝަނަކީ ޖެނުއަރީ 2020 އިން ޖޫން 2020 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގެ ދަށުން، ކަސްޓަމަރުން ބައްލަވައިގަންނަވާ ކޮންމެ ބީ29 ޕްރޮޑަކްޓަކަށް ކޫޕަނެއް ލިބޭނެކަމަށް ސަނީ އެންޓަޕްރައިސް އިން ބުނެއެވެ. މި ލަކީ ޑްރޯގައި ބައިވެރިވެވޭނީ ކޫޕަންގައި ކަހާލުމަށް ހާއްސަ ކޮށްފައިވާ ބައި ކަހާލުމުން ފެންނަން އިންނަ ކޫޕަން ނަންބަރު 5131 އަށް އެސްއެމްއެސް ކުރުމުންކަމަށް ސަނީ އެންޓަޕްރައިސް އިން ބުނެއެވެ.

ޕްރޮމޯޝަން ކުރިއަށްދާ ތާރީހުގައި ކޮންމެ މަހެއްގެވެސް 30 ވަނަ ދުވަހު ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ފުލް އޮޓޯ ދޮންނަ މެޝިނެއް ލިބޭނެކަމަށް ސަނީ އެންޓަޕްރައިސް އިން ބުނެއެވެ.