Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

100އަށްވުރެ ގިނަ ސިއްހީ ހިދުމަތްތެރިން ހިމަބިއްސަށް އަހުލުވެރުކޮށްފި

ރާއްޖޭގައި ހިމަބިހި ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި މިނިސްޓްރީއިން ކުރަމުންގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް ހޮސްޕިޓަލްތަކާއި ކްލިނިކްތައް ހިމަނައިގެން 100އަށްވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުންނަށް އޮރިއެންޓޭޝަން ސެޝަންތައް ބާއްވައިފިއެވެ.

ހެލެތް މިނިސްޓްރީން ބުނީ ހިމަބިހި ބަލި ޖެހިފައިވާ ކަމަށް ޝައްކުވާ މީހުން ދެނެގަންނާނެގޮތާއި އަދި އެފަރާތްތަކުގެ މައުލޫމާތު ރިޕޯޓް ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށް ދިނުމަށްޓަކައި އޮރިއެންޓޭޝަން ސެޝަންތަކެއް އެ މިނިސްޓްރީއިން ކުރިއަށް ގެންދާ ކަމަށެވެ.

މިނިސްޓްރީން ބުނީ މިހާތަނަށް މާލެއާއި ހުޅުމާލޭގައި ގާއިމްކުރެވިފައިވާ ހޮސްޕިޓަލްތަކާއި، ބައެއް ޕްރައިވެޓް ކްލިނިކްތަކަށް އޮރިންޓޭޝަން ސެޝަންތައްވަނީ ދެވިފައިވާކަމަށެވެ. މީގެއިތުރުން އަތޮޅު ހޮސްޕިޓަލްތަކަށް އަމާޒުކޮށްގެން، މިހާތަނަށް 16 އަތޮޅު ހޮސްޕިޓަލަކަށް އޮރިއެންޓޭޝަން ސެޝަން ހިންގައިފިކަމަށް މިނިސްޓްރީން ބުނެއެވެ. 

ސިއްހީ ހިދްމަތްދޭ ފަރާތްތަކުން ހިމަބިހި ބައްޔަށް އަހުލުވެރިކުރުމަށް މިނިސްޓްރީއިން ކުރާ މަސައްކަތުގައި ހެލްތު ސެންޓަރުތަކުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނަށް އަމާޒުކޮށް ހުރިހާ ހެލްތު ސެންޓަރުތަކަށް ޕްރޮގްރާމްތައް މިހަފްތާ ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.