Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މާމެންދޫ ގޮނޑުދޮށަށް ގޮތް ނޭނގޭ 44 ޕާރުސަލް ލައްގައިފި

ގއ. މާމެންދޫ --

ގއ. މާމެންދޫ ގޮނޑުދޮށަށް ގޮތް ނޭނގޭ ޕާރުސަލްތަކެއް ލައްގައިފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 6:35 ހާއިރު، ގއ. މާމެންދޫގެ ދެކުނު ފަރާތުގެ ގޮނޑުދޮށަށް ގޮތްނޭނގޭ ޕާރުސަލްތަކެއް ލައްގާފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެގޮތުން 44 ޕާރުސަލް ލައްގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ޕާރުސަލްތަކުގައި ހުރި އެއްޗެއް ތަހުލީލު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ދާދިފަހުން ސިފައިން ތަމްރީނު ހަދަމުން އަންނަ ކ. ގިރިފުށި ފަޅުތެރެއަށް ވެސް ގޮތް ނޭނގޭ ޕާރްސަލެއް ވަނީ ލައްގާފައެވެ. ނަމަވެސް ފަހުން ބެލި ބެލުމުން އެއީ ފަތްތަކެއްކަން ވަނީ އެނގިފައެވެ.