އަމީޝާ ޕަޓޭލް ޕްރޮޑިއުސްކޮށް އޭނާ ބަތަލާގެ ރޯލް ވެސް ކުޅޭ "ދޭސީ މެޖިކް" ގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
އަމީޝާގެ ބިޒްނަސް ޕާޓްނަރު ކުނާލް ގޫމާ ބުނީ ފިލްމްގެ ޝޫޓިން ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފިލްމްގެ ޝޫޓިން ފަށާނެ އެވެ.
"ދޫމް" ފްރެންޗައިޒްގެ ޑައިރެކްޓަރު ސަންޖޭ ގަދްވީގެ ސްކްރީންޕްލޭއަކަށް ތައްޔާރު ކުރާ "ދޭސީ މެޖިކް" ގައި އަމީޝާ ކުޅެނީ ޑަބަލް ރޯލެކެވެ. މި ފިލްމްގެ ދެ ބަތަލުން ހިނެމެ އެވެ.
އެއީ ޒައިދު ހާނާއި މޮޑެލް/އެކްޓަރު ސާހިލް ޝްރޮފް އެވެ. ސާހިލް އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ "ޑޮން 2" އެވެ.
"ދޭސީ މެޖިކް" އަކީ "ކަހޯ ނާ ޕިޔާރް ހޭ" އިން ބޮލީވުޑަށް ތައާރަފްވި އަމީޝާގެ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ ފުރަތަމަ ފިލްމެވެ.