Last Updated: March 28, 16:36
Thursday, March 28, 2024
ޚަބަރު

ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލައެއް ތަހުގީގެއް ނުކުރޭ: ފުލުހުން

ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމުގެ ގޮތުން ވޯޓު ގުނަނީ: ފޮޓޯ / އަވަސް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އެއްވެސް މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ނުދާ ކަމަށް ބުނެފިއެވެ.

ފުލުހުން މިގޮތަށް ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ފުލުހުންނަށް ފޮނުވި ސިޓީއަކަށް ޖަވާބު ދެމުންނެވެ. ފުލުހުން ބުނީ އިލެކްޝަންސް ކޮމިޝަނަށް ނުވަތަ އެ ކޮމިޝަނުގެ މެންބަރަކަށް އަދި މުވައްޒަފަކަށް ވެސް ރައްދުވާ ގޮތަށް 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުން ނުދާ ކަމަށެވެ.

ފުލުހުން މިގޮތަށް ބުނެފައިވާއިރު ރިޔާސީ އިންތިހާބުގެ ނަތީޖާ އޮތީ އޮޅުވާލާފައި ކަމަށް ބުނެ އެ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ވާދަކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ކޯޓަށް މައްސަލައެއްވެސް ހުށަހެޅިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ ރިޔާސީ އިންތިހާބު ބާތިލް ނުކުރުމަށެވެ.

އޭގެފަހުންވެސް ތަފާތު އެކި ފޯރަމްތަކުގައި ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާ އަދިވެސް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.