Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި

ފުވައްމުލަކު ޕޮލިސް ސްޓޭޝަން

ޏ. ފުވައްމުލަކުގައި 15 އަހަރުން ދަށުގެ ކުއްޖަކާއި ކޯޓުން ބޭރުގައި ކައިވެނިކޮށް އެކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހަރުކަށި ފިކުރު ގެންގުޅެ ގާނޫނާއި ހިލާފަށް ކޯޓުން ބޭރުގައި 15 އަހަރުގެ އަންހެން ކުއްޖަކާއި ކައިވެނިކޮށްގެން ކަމަށް ބުނެ އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ފުވައްމުލަކުން 35 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ އާއި ގުޅިގެން 15 އަހަރުގެ އަންހެން ކުއްޖާގެ މަންމަ ދަރިފުޅާއި މެދު އިހްމާލުވެފައިވާތީ ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.