Last Updated: April 18, 20:09
Thursday, April 18, 2024
ޚަބަރު

ގަމުން، މެލޭ، ސިންގަޕޫރު އަދި ބެންކޮކަށް ހާއްސަ ފެއާއެއް

ސްރީލަންކަން އެއާލައިންސްއިން ގަމަށް ފަތުރުވެރިން (2018) / ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީގެ ގަމުން ފުރައިގެން 3 ގައުމަކަށް ދަތުރުކުރާ ހާއްސަ ފެއާއެއް ސްރީލަންކަން އެއާލައިނުން ތައާރަފުކޮށްފިއެވެ.

މި ފެއާ ފަށާފައި މިވަނީ އަންނަ މާޗު މަހު ސްކޫލުތަކުގެ މިޑްޓާމް ބަންދާއި ދިމާކޮށެވެ. އެގޮތުން މި ފެއާގައި ބެންކޮކް، ސިންގަޕޫރު އަދި ކުއަލަލަމްޕޫރަށް ދަތުރު ކުރެވޭނެއެވެ.

މި ފެއާގައި ބެންކޮކް ދެކޮޅު ޓިކެޓްގެ އަގަކީ 332 ޔޫއެސް ޑޮލަރެވެ. ސިންގަޕޫރު ދެކޮޅު ޓިކެޓްގެ އަގަކީ 345 ޔޫއެސް ޑޮލަރެވެ. އަދި ކުއަލަލަމްޕޫރު ދެކޮޅު ޓިކެޓްގެ އަގަކީ 329 ޔޫއެސް ޑޮލަރެވެ. މި ފެއާގައި ދަތުރު ކުރާ ފަރާތްތަކަށް 40 ކިލޯ ގެ ލަގެޖް ވެސް ގެންދެވެއެވެ.

މި ފެއާގައި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ޓިކެޓް ގަންނަން ޖެހެއެވެ. އަދި މާޗް 5 ވަނަ ދުވަހާއި މާޗް 31 ވަނަ ދުވަހާއި ދެމެދުގައި ދަތުރުކޮށް ނިންމަން ޖެހެއެވެ.

ސްރީލަންކަން އެއާލައިނުން އައްޑޫސިޓީއަށް ސީދާ ދަތުރުތައް ކުރާތާ ދެއަހަރުވަނީ ވެފައެވެ.