Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ކޮރޯނާ ވައިރަސް ހަލުވި ކަމާއި އެކު ފެތުރެނީ!

ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކްރޯނާ ވައިރަސް ހަލުވި ކަމާއި އެކު ފެތުރެމުންދާ ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާތަނަށް މި ބަލި 440 މީހަކަށް ވަނީ ޖެހިފައެވެ. އަދި މި ބަލީގައި 9 މީހަކު މަރުވެފައިވާ ކަމަށް އެގައުމުން ބުނެއެވެ.

މިހާތަނަށް މި ބަލި އެގައުމުގެ 13 ޕްރޮވިންސަކުން ފެނިފައިވާ އިރު މި ބަލި އަވަހަށް ފެތުރިގެންދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. ސާސް އާއި އެއްގޮތްކަމެއް ހުންނަ މި ވައިރަސް އަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ޗައިނާގެ ސިއްހީ އޮފިޝަލުން ވަނީ ހާމަކޮށްފައެެވެ.

މި ބަލިޖެހިފައިވާ މީހުން ޗައިނާގެ އިތުރުން ތައިލެންޑު، ޖަޕާން އަދި ތައިވާން، ދެކުނު ކޮރެއާ އަދި އެމެރިކާއިން ވަނީ ފެނިފައެވެ. އަދި މި ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް އެގައުމުގައި ބާރަށް ދަނީ ކުރަމުންނެވެ.